މުދާ ބަރުކޮށްގެން ދަތުރު ކުރަނިކޮށް ފަރަށް އެރި ބޯޓު ފުންކޮށްފި

މުދާ ބަރުކޮށްގެން ދަތުރު ކުރަނިކޮށް ފަރަށް އެރި ބޯޓު ފުންކޮށްފި

Author
އަހުމަދު
05 މެއި 2024 01:03
0

މާލެއިން މުދާ ބަރުކޮށްގެން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރި ބޯޓު މިއަދު ފުންކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ "ރޯޝަނީ" ނަމަކަށް ކިޔާ ބޯޓު ފުންކޮށްފައި ވަނީ ހެނދުނު 11:10 ހާއިރު ކަމަށެވެ. މި ބޯޓު ފުން ކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ޑައިވަރުންނާ އެކު ބޯޓުގެ ފަޅުވެރިން ހަރަކާތްތެރިވެފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ހަ މިލިއަނެއްހާ ރުފިޔާގެ މުދާ ބަރުކޮށްގެން ދަތުރު ކުރި މި ބޯޓު ފަރަށް އެރީ ވ. ތިނަދޫ އާއި ވ.ފުލިދޫ އާ ދޭތެރޭގައި އޮންނަ ފަރަކަށެވެ.

ބޯޓު ފަރަށް އެރި އިރު، އޭގައި 16 މީހުން ތިބިއެވެ. އެ ހުރިހާ އެންމެންގެ ވެސް ހާލު ރަނގަޅެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.