ހއ. އިން މ. އަށް ވައިޓް އެލާޓް ނެރެފި

ހއ. އިން މ. އަށް ވައިޓް އެލާޓް ނެރެފި

Author
ހުސެއިން
30 އޭޕްރިލް 2024 10:47
0

ރާއްޖެގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރާގައި މޫސުން ގޯސްވެ، ހއ. އިން މ. އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ވައިޓް ނެރެފައިވަނީ މިއަދު 10:30 އިންފެށިގެން މެންދަމު 16:30 އާއި ހަމައަށެވެ.

މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ލަފާކޮށްފައި ވެއެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

މޫސުން ގޯސް ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.