މިރޭވެސް މެދުރާއްޖެތެރެއަށް ވިއްސާރަ ކުރާނެ

މިރޭވެސް މެދުރާއްޖެތެރެއަށް ވިއްސާރަ ކުރާނެ

ރާއްޖެގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރާގައި މޫސުން ގޯސްވެ، މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށެވެ. މި އެލާޓް ނެރެފައިވަނީ މިރޭ 7:00 އިންފެށިގެން މެންދަމު 1:00 އާއި ހަމައަށެވެ.

މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ލަފާކޮށްފައި ވެއެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

މޫސުން ގޯސް ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *