ވިއްސާރަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައިޓް އެލާޓް ނެރެފި

ވިއްސާރަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައިޓް އެލާޓް ނެރެފި

Author
އަހުމަދު
29 އޭޕްރިލް 2024 09:36
0

ވިއްސާރަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައިޓް އެލާޓް ނެރެފިއެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 7:00 އިން ފެށިގެން މެންދުރު 12:00 އަށެވެ. މެޓް އޮފީހުން ބުނީ މި ވަގުތުގެ ތެރޭގައި ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން ދާދި ފަހުން އައްޑު އަށް ބޯކޮށް ވާރޭ ވެހި، ފޭދޫގެ ސާޅީހަކަށް ގެއަކަށް ފެން ވަދެ ގެއްލުންވެފައިވެއެވެ. އަދި މިއަދު ހަވީރުން ފެށިގެން މާލޭއަށްވަނީ ބޯކޮށް ވާރޭވެހި މަގުތަކުގައި ފެން ބޮޑުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.