ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ޔެލޯ އެލާޓް ނެރެފި

Author
ހުސެއިން
28 އޭޕްރިލް 2024 09:12
0

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ޔެލޯ އެލާޓް ނެރެފިއެވެ. އެގޮތުން މިއަދު މޫސުމާއި ބެހޭ އޮފީހުން ހއ. އަތޮޅުން ފެށިގެން ވ އަތޮޅާއި ދެމެދުގެ ރަށްތަކަށް ރީނދޫ ސަމާލު ނެރެފައި ވަނިކޮށް، މިހާރު ވަނީ ގއ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް ޔެލޯ އެލާޓް ނެރެފައެވެ.

މޫސުމާ ބެހޭ އިދާރާ އިން ގއ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް ޔެލޯ އެލާޓް ނެރެފައި ވަނީ މިރޭ 18:30 އިން ފެށިގެން 22:30 އާ ހަމައަށެވެ. އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައިވެ އެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން އިއްޔެ ރޭ އަައްޑު އަށް ބޯކޮށް ވާރޭ ވެހި، ގެއްލުންތަކެއްވެފައިވެ އެވެ. އަދި މިއަދު ހަވީރުން ފެށިގެން މާލޭއަށްވަނީ ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑު ވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.