ކުރާނޭ މަސައްކަތެއް އޮވެ، ގައިގައި ވަރުހުރިނަމަ ޒަކާތް ލިބިގަތުން އެމީހަކަށް ހުއްދައެއް ނުވާނެ: ޚުޡުބާ

ކުރާނޭ މަސައްކަތެއް އޮވެ، ގައިގައި ވަރުހުރިނަމަ ޒަކާތް ލިބިގަތުން އެމީހަކަށް ހުއްދައެއް ނުވާނެ: ޚުޡުބާ

ކުރާނޭ މަސައްކަތެއް އޮވެފައި، އަދި އެމީހެއްގެ ހަށުގަޑުގައި ވަރުހުރިނަމަ އެފަދަ މީހަކު ޒަކާތް ލިބިގަތުން ހުއްދައެއް ނުވާނެކަމުގައި މިއަދު ހުކުރު ޚުޡުބާގައި ވިދާޅުވެއްޖެއެވެ.

"ފަރުޟު ޒަކާތާއި އިގްތިސާދާހުރު ގުޅުން" މި މައުޟޫއަށް ޚާއްސަ ކުރެވިގެންދިޔަ ހުކުރު ޚުޡުބާގައި ވިދާޅުވީ އިސްލާމްދީން ބާރުއަޅަނީ ހަލާލު ގޮތުގައި މަސައްކަތް ކޮށްގެން ރިޒުގު ހޯދުމަށް ކަމުގައެވެ.

"މުއްސަނދި މީހާއާއި، ހަށިގަޑު ސަލާމަތުން ހުރި މީހަކަށް ޒަކާތް ހުއްދަ ވެގެނެއް ނުވެއެވެ. (ހަދީސް ފުޅެއްގެ މާނަ)

ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

މިއަދުގެ ޚުޡުބާގައި ވިދާޅުވީ ޒަކާތަކީ މުދާވެރިއަކު ފޯރުކޮށްދޭ ފަރުދީ އިޙްސާންތެރިކަމެއް ނޫންކަމުގައެވެ. އަދި އެއީ މުއްސަނދިންގެ މުދަލުން ނަގައި، އޭގެ ހައްގުވެރިންނަށް އަދާ ކުރަންޖެހޭ ހައްގެއްކަމުގައި ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

ޚުޡުބާގައި ވިދާޅުވީ މުއްސަނދިންގެ މުދަލުން ޒަކާތް ނެގުމުގެ ބޭނުމަކީ އެއްވެސް ހާލެއްގައި އެބައިމީހުންގެ ތަނަވަސްކަން ނިގުޅައިގަނެ އެއުރެންގެ ހަންގުތަކަށް އަރައިގަތުން ނޫންކަމުގައެވެ.

މުސްލިމް އަޚުންނޭވެ! މުދަލުގެ ޒަކާތް ދިނުމަކީ ދީނުގެ މަތިވެރި ރުކުނަކަށް ވީނަމަވެސް އެއާމެދު ވަރަށް ގިނަ މީހުންގެ ހޭލުންތެރިކަން ކުޑައެވެ. ބައެއް މީހުން ހީކުރާ ގޮތުގައި ރަމަޟާންމަހު ފިތުރު ޒަކާތް ދެއްކުމުން ފުދުނީއެވެ. އަނެއްބަޔަކު ދެކޭ ގޮތުގައި ތިމައަކީ ބޮޑު ވިޔަފާރަވެރިއަކަށް ނުވާތީ ތިމާ ޒަކާތް ދައްކާކަށް ނުޖެހެއެވެ. ހަމަ އެހެންމެ މުދަލުގެ ޒަކާތް ދައުލަތަށް ދެއްކުމަށް ދެކޮޅުހަދާ ބަޔަކުވެސް އުޅެއެވެ.

ޚުޡުބާގައި ވިދާޅުވިއެވެ.

ޚުޡުބާގައި ވިދާޅުވި ގޮތުގައި މިފަދަ މީހުން ހީކުރާ ގޮތުގައި ޒަކާތުގެ ފައިސާ ދައުލަތާއި ހަވާލުކުރުމުގެ ބަދަލުގައި ނިމަމެއްޗަކަށް ނުވަތަ ފަގީރަކަށް ދިނުމުން ފުދޭނެއެވެ. އެހެންނަމަވެސް އިލްމުވެރިން ވިދާޅުވާ ގޮތުގައި ދައުލަތުން ޒަކާތް ނެގުމަށް ހަޖައްސަވާފައިވާ ރަސްމީ އިދާރާއަށް ޒަކާތް ދެއްކުމުން ޒަކާތް ދައްކާ މީހާގެ ޒިންމާއި ބަރީއަވާނެކަމަށްވެސް ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *