އީދާ ދިމާކޮށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކޮށްފި

އީދާ ދިމާކޮށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކޮށްފި

Author
ހުސައިން
06 އޭޕްރިލް 2024 02:27
0
އީދު ބަންދާއި ދިމާކޮށް އެތެރޭގެ އުދުހުމުގެ ބާރުބޮޑުވުމުން ގައުމީ އެއަރލައިން މޯލްޑިވިއަނުން ބައެއް މަންޒިލްތަކަށް ކުރާ ދަތުތުތައް އިތުރުކޮށްދީފި އެވެ. ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިތުރު އީދު ވާނީ އަންނަ ބުދަ ދުވަހެވެ.

މޯލްޑިވިއަނުން ފްލައިޓް އިތުރުކޮށްފައިވަނީ ކޫއްޑޫ އެއަރޕޯޓް، ކައްދޫ އެއަރޕޯޓް، ކާނޑެއްދޫ އެއަރޕޯޓް، އިފުރު އެއަރޕޯޓް، ހަނިމާދޫ އެއަރޕޯޓް، ކުޅުދުއްފުށި އެއަރޕޯޓް، މާފަރު އެއަރޕޯޓް އަދި މަޑިވަރު އެއަރޕޯޓަށެވެ.

މީގެއިތުރުން ގަން އެއަރޕޯޓަށް ވެސް ފްލައިޓް ވަނީ އިތުރުކޮށްފަ އެވެ. މި ފްލައިޓްތައް އިތުރުކޮށްފައިވަނީ 9، 11، 12 އަދި އޭޕްރިލް 13 ވަނަ ދުވަހު އެވެ.

މިއީ ޗުއްޓީ ދުވަސްވަރަށް ވުމާއިއެކު އެތެރޭގެ އުދުހުންތަކަށް އޮންނަ ޑިމާންޑް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި ކޮންމެ ބަންދަކާއި ދިމާކޮށްވެސް ޑިމާންޑް އިތުރުވާ ސަރަހައްދުތަކަށް މޯލްޑިވިއަނުން އަބަދުވެސް އިތުރު ދަތުރުތައް ކުރެއެވެ.

މޯލްޑިވިއަން ޑިމާންޑް ބޮޑުވެ ފްލައިޓްތައް އިތުރުކޮށްފައިވާއިރު ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ރާއްޖެ އާއި ރާއްޖެއިން ބޭރަށް ދަތުރު ކުރާ މަންޒިލްތަކަށް ވަކިވަކިން ޓިކެޓް ނަގަން ނުޖެހޭ ގޮތަށް ވެސް ވަނީ ހަދާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.