ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއްވެ، ހާލު ސީރިއަސްވި މީހާ މާލެ ގެނެސްފި

ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއްވެ، ހާލު ސީރިއަސްވި މީހާ މާލެ ގެނެސްފި

Author
ޙަސަން މުޙައްމަދު
02 އޭޕްރިލް 2024 11:45
0

ފުވައްމުލަކު ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ވަރަށް ބޮޑަށް އަނިޔާވި ހާލު ސީރިއަސްވި މީހާ މިއަދު މާލެ ގެނެސްފިއެވެ. ފުވައްމުލަކު ސިޓީގައި އެކްސިޑެންޓެއް ހިނގީ ދުއްވަމުން ދިޔަ ސައިކަލެއް އެ ރަށުގެ މަގެއްގެ ޒެބްރާކްރޮސް ޕޯސްޓެއްގައި ޖެހިގެނެވެ.

ރޭގެ އެކްސިޑެންޓްގައި އަ ނިޔާވި މީހާއަށް ފުރަތަމަ ފަރުވާ ދިނީ ފުވައްމުލަކު ހޮސްޕިޓަލުގައި ބާއްވައިގެނެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސް ކަމުން އިތުރު ފަރުވާ ދިނުމަށް މިހާރު އެމީހާ ވަނީ މާލެ ގެނެސްފަ އެވެ.

ރޭގެ 11:30 އެހާކަންހާއިރު ހިނގި އެކްސިޑެންޓްގައި އަނިޔާވެ ސީރިއަސް ހާލަތަކަށް ދިޔައީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.