އެމްޑީޕީން ބުނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާ ކުރާ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، ވަޒީފާގެ ބިރު ދައްކަމުންދާ ކަމުގެ މައުލޫމާތު އެކި ފަރާތްތަކުން އެ ޕާޓީއާ ހިއްސާކުރަމުންދާ ކަމަށެވެ.
އެހެންކަމުން އެފަދަ އެއްވެސް ކަމެއް ހިނގާ ނަމަ އެކަމާ ގުޅޭ މައުލޫމާތު [email protected] އަށް މެއިލް ކުރުމަށް އެމްޑީޕީން ވަނީ އެދިފަ އެވެ.
އެސް.އޯ.އީ ތަކުގައި މަސައްކަތް ކުރަމުންދާ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، ވަޒީފާގެ ބިރު ދައްކަމުންދާކަމުގެ މަޢުލޫމާތު ވަނީ އެކިއެކި ފަރާތްތަކުން މި ޕާޓީއާ ހިއްސާކޮށްފައެވެ. މިފަދަ ކަމެއް އެއްވެސް އެސް.އޯ.އީ އެއްގައި ހިނގާނަމަ އެކަމާ ގުޅޭ އެންމެހާ އަށް މަޢުލޫމާތު މި…
— MDP Secretariat (@MDPSecretariat) March 24, 2024
މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން ސަރުކާރުގެ ކުންފުނިތަކުގައި ވަޒީފާ އަދާކުރަމުންދާ ފަރާތްތައް ބޭއިންސާފުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.
ނަމަވެސް އެއްވެސް މުވައްޒަފެއް ވަޒީފާއިން ކަނޑާނުލާ ކަމަށާއި، ބައެއް ކުންފުނިތަކުގެ ހާލަތު ހުރި ގޮތުން މަސައްކަތް ކުރިއަށް ނުދާ ސައިޓްތަކުގެ ކޮންޓްރެކްޓް މުވައްޒަފުންގެ ކޮންޓްރެކް އާ ނުކުރަން ނިންމަން މަޖުބޫރުވާކަމަށް ސަރުކާރާއި ކުންފުނިތަކުގެ ބައެއް އިސް ވެރިން ވެސް ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓު ފޮނުވާ