މާލޭގައި އާއްމުކޮށް ކުނިއަޅަމުންދާކަމަށް ފާހަގަކުރެވިފައިވާ 10 ތަނެއް މާލެ ސިޓީ ކައުންސިލުން އާންމުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި އެގޮތުން އާންމުކޮށްފައިވާ ތަންތަނަކީ:
– އަލަމާ ގޯޅި
– ކެނެރީ ގޯޅި
– ހަދީބީ މަގު
– އޯޑިއޯން ގޯޅި
– މާވެޔޮމަގު ފަތަހަ ކަންމަތި
– ހެންވޭރު ސަހާރާ ކަންމަތި، ކާސިންޖީ މަގު
– ބަރުޖޯރާ ގޯޅި ކަންމަތި
– މ.ޕިއްޒާ ބޯނާ ކަންމަތި
– ދިލްބަހާރު މަގު، ދަގަނޑުކެނޑިގޭ ގޯޅި ކަންމަތި
– ޖަމާލުއްދީން ސްކޫލް ކުރިމަތީ ހަނި ގޯޅި.
އާޒިމްގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައިވަނީ، މި ސަރަހައްދުތަކުގައި ނޫނަސްވެސް، މި ގޮތަށް ކުނި ބަހައްޓާ ފަރާތްތަކުގެ ފޮޓޯ އަދި ވިޑިއޯ މާލޭ ސިޓީ ކައުންސިލްގެ ނަންބަރު 9341144 އަށް ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް ފޮނުވުމަށް އެދޭ ކަމަށެވެ.
އަދި ވެބްސައިޓު މެދުވެރިކޮށް ފޮނުވަން ބޭނުންވާ ފަރާތްތަކަށް http://complaints.malecity.gov.mv/en މި ލިންކު މެދުވެރިކޮށް ފޮނުވުމަށް ވަނީ އެދިފައެވެ.
މަލޭގައި ގަވާއިދާ ޚިލާފަށް ކުނި ބަހައްޓަމުން ދިއުމާއި، އަދި ޚާއްސަކޮށް ރޯދަމަހާއި ދިމާކޮށް މަގުތަކަށް ކުނިއެޅުން އިތުރުވުމާއި ގުޅިގެން ސިޓީ ކައުންސިލުން ދަނީ ކުނިތައް ސާފު ކުރަމުންނެވެ. އަދި ގަވާއިދާ ޚިލާފަށް މަގުތަކަށް ކުނިއަޅަމުން ނުދިއުމަށް ސިޓީ ކައުންސިލުން ދަނީ އިލްތިމާސް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ