ސައުދީ ފަންޑު ފޯ ޑިވޮލޮޕްމެންޓްގެ އެހީގެ ދަށުން ހުޅުމާލޭގައި ގާއިމުކުރާ 400 ހައުސިން ޔުނިޓްގެ ފައިނޭންސް އެގްރިމެންޓްގައި ސޮއިކޮށްފިއެވެ.
ހައުސިން މިނިސްޓްރީން ކުރި އެކްސް ޕޯސްޓުގައި ބުނެފައިވަނީ ޕުރޮޖެކްޓު މެނޭޖުމަންޓް ކޮންސަލްޓެންޓެއް ނެގުމާއިބެހޭ ގޮތުން ފިނޭންސް މިނިސްޓްރީ އާއި އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާކަމުގައެވެ.
މި މަޝްރޫއުގެ އިތުރު މައުލޫމާތެއް އެ މިނިސްޓްރީން ހިއްސާކޮށްފައެއް ނުވެއެވެ.
ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ހުރިހާ ރައްޔިތުންނަށް އެކަމުގެ ހައްލު ހޯދާ ދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން ހުޅުމާލޭގައި ފްލެޓާއި ހައުސިން ޔުނިޓްތައް އެޅުމުގެ އިތުރުން މިސަރުކާރުން ތަރައްގީ ކުރާ ރަސްމާލޭގައި ގިނަ ހައުސިން ޔުނިޓާއި އަދި ފްލެޓް އެޅުމަށްވަނީ ހަމަޖައްސާފައެވެ.