ޓްރާންސްފޯމަރަކުން ވައްކަން ކުރުމުން، ތަރާވީސް ނަމާދު ކުރިޔަށް ދަނިކޮށް ކަރަންޓު ހިއްގައްޖެ

ޓްރާންސްފޯމަރަކުން ވައްކަން ކުރުމުން، ތަރާވީސް ނަމާދު ކުރިޔަށް ދަނިކޮށް ކަރަންޓު ހިއްގައްޖެ

Author
ހުސެއިން
23 މާރޗް 2024 11:22
0
ހުޅުމާލޭގެ މިސްކިތެއްގެ ކައިރީގަ ހުރި ޓްރާންސްފޯމަރަކުން ވައްކަން ކުރުމުން، ތަރާވީސް ނަމާދު ކުރިޔަށް ދަނިކޮށް މިސްކިތުން ކަރަންޓު ހިގައްޖެއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ރޭ ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހަސަން އާދަމް މިސްކިތުގައި ތަރާވީސް ނަމާދު ކުރިއަށްދަނިކޮށް އެ މިސްކިތުން ކަރަންޓުގެ ޚިދުމަތް ރޭ މެދުކެނޑިފައިވަނީ އެ މިސްކިތާ ކައިރީގައި ހުރި ޓްރާންސްފޯމަރުގެ ދޮރުތައް ހަލާކުކޮށްލައިގެން ބަޔަކު ވަދެ އޭގެ ބައިތައް ވަގަށް ނަގަން މަސައްކަތް ކުރުމުން ކަމުގައެވެ.
ފަހުމީ ކުރިން ކުރި އެކްސް ޕޯސްޓޭގައި ވިދާޅިވީ ކުރީރެއާއި ރޭ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެޑުނީ ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމުގެ ސަބަބުން ކަމުގައެވެ.
އޭނާ ކުރެއްވި އެކްސް ޕޯސްޓެގައި ވިދާޅުވީ ސްޓެލްކޯގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި، އެ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމުގައެވެ. އަދި މައްސަލަތައް މިހާރުވަނީ ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅާފައި ކަމަށްވެސްއޭނާ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ އިއްޔެރޭ ފަތިހު އަދި ރޭ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވީ ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމާއި ގުޅިގެން ކަމަށާއި، މިއީ މިކަން ކުރާ ފަރާތްތަކަށްވެސް ބޮޑު ނުރައްކަލަކަށް ވާއިރު، މިއީ ކަރަންޓުގެ އަސާސީ ޚިދުމަތް 24 ގަޑިއިރު މެދުނުކެނޑި ދޭން އެ ކުންފުނިން ކުރަމުންގެންދާ މަސައްކަތަށްވެސް އެޅޭ ހުރަހެއް ކަމުގައެވެ.
މިފަދަ ކަންކަން ކުރަމުންގެންދާ ފަރާތްތައް ހުއްޓުވައި އެފަރާތްތަކަށް ފިޔަވަޅު އަޅައިދީ، އަދި ވަގަށް ނަގައިގެން ވިއްކާ މިދަފަ ތަކެތި ގަންނަ ފަރާތްތަކަށްވެސް ފިޔަވަޅުއަޅައިދިނުމަށް ކަމާއި ބެހޭ ފަރާތްތަކަށް އިލްތިމާސް ކުރާކަމަށްވެސް ފަހުމީ ވިދާޅިވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.