ރޯދަ އާއި ސުވާލު: ރޯދައަށް ތިބެ ދެމަފިރިން ލޯބި ކުރުން ހުއްދަތަ؟

ރޯދަ އާއި ސުވާލު: ރޯދައަށް ތިބެ ދެމަފިރިން ލޯބި ކުރުން ހުއްދަތަ؟

Author
ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފް
20 މާރޗް 2024 10:07
0

ރޯދަ އަށް ހުރެ އަންހެނުން ގާތުގައި "އަހަރެން ތިބާ ދެކެ ވަރަށް ލޯބިވެޔޭ" ބުނެވިދާނެ ހެއްޔެވެ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

ރޯދަ އަށް ހުރެ ދެމަފިރިން ކުރެ މީހަކު އެކަކު އަނެކަކަށް އަނގައިން ލޯބީގެ ބަސްތައް ބަދަލުކޮށް ހެދުމަކީ އެންމެ ރަގަޅު ކަމެކެވެ. އެހެންނަމަވެސް، މިފަދަ ބަސްތަކުގެ ސަބަބުން ޝަހްވަތް ކެކި، މަނި ބޭރުވާ ހިސާބަށް ގޮސްފިނަމަ ހުއްދަ އެއް ނުވާނެއެވެ.

ރޯދަ އަށް ހުންނަ ވަގުތުގައި ދެމަފިރިން އެކަކު އަނެކަކަށް ބޮސްދީ ހެދުން ހުއްދަވާ ކަމުގެ ދަލީލަކީ ބުޚާރީ އާއި މުސްލިމް އުއްމުލް މުއިމިނީނަ ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ ކިބައިން ރިވާ ކުރައްވާފައިވާ އަންނަނިވި ޙަދީޘެވެ. (كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُقَبِّلُ وَيُبَاشِرُ وَهُوَ صَائِمٌ وَكَانَ أَمْلَكَكُمْ لأرْبِهِ  ) މާނައަކީ: "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ އަށް ހުންނަވައިގެން އަނބި ކަނބަލުންނަށް ބޮސްދެއްވާ ބައްދާ ހައްދަވައެވެ. އެކަލޭގެފާނަކީ ތިޔަބައިމީހުން ކުރެ ޝަހްވަތް ކޮންޓްރޯލް ކުރުމަށް އެންމެ ވަރުގަދަ އިންސާނާއެވެ."

ޞަޙީޙް މުސްލިމް ގައި ޢަމްރު ބިން ސަލަމާގެ ކިބައިން ރިވާވެގެން ވެއެވެ. (أنه سأل رسول الله صلى الله عليه وسلم : أيقبل الصائم ؟ فقال رسول الله صلى الله عليه وسلم : " سل هذه " – لأم سلمة – فأخبرته أن رسول الله صلى الله عليه وسلم كان يصنع ذلك) އެކަލޭގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ސުވާލު ކުރެއްވިއެވެ. "ރޯދަވެރިޔާ އަށް ދޮންދެވިދާނެ ހެއްޔެވެ؟" ޙަދީޘް ކުރެއްވިއެވެ. އުއްމު ސަލަމާ އާއި ސުވާލު ކުރައްވާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ އަށް ހުންނަވައިގެން އަނބި އަނބި ކަބަލުންނަށް ބޮސްދެއްވާ ކަމުގައި އުއްމު ސަލަމާ ވިދާޅުވިއެވެ."

ބޮސް ދިނުމުގެ އިތުރުން ބައްދާލާ ހެދުންވެސް މައްސަލަ އެއް ނެތެވެ. އެހެންނަމަވެސް މަނި ބޭރު ނުވާނެ ކަމުގެ ޔަގީން ކަން އޮތްނަމައެވެ. މަނި ބޭރުވެއްޖެނަމަ ރޯދަ ފާސިދުވާނެއެވެ. والله أعلم

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.