މިފަހަރު މި އޮތީ "ބޭޑް ނިއުސް"

މިފަހަރު މި އޮތީ "ބޭޑް ނިއުސް"

Author
ފާތިމަތު ނާވީ
19 މާރޗް 2024 09:06
0

2019 ވަނަ އަހަރު ބޮލީވުޑްގެ ނުފޫޒު ގަދަ ޑައިރެކްޓަރު ކަރަން ޖޯހަރު ގެނެސްދިން ކާމިޔާބު ފިލްމް ގުޑް ނިއުސް އަށް ފަހުގައި، "ބޭޑް ނިއުސް" ގެ ނަމުގައި ފިލްމެއް ގެނެސްދޭން ނިންމައި އެކަން އިއުލާންކޮށްފި އެވެ.

ކަރަން ގެ ދަރްމާ ޕްރޮޑަކްޝަން އިން ގެނެސްދޭ މި ފިލްމްގެ ޕޯސްޓަރު ތަކެއް އާންމު ކުރަމުން ބުނެފައި ވަނީ ބެލުންތެރިން އިންތިޒާރު ކުރަމުން ގެންދުމަށެވެ. އަދި ވަރަށް އަވަހަށް ފިލްމް ރިލީޒް ކުރާނެ ތާރީހެއް އިއުލާން ކުރާނެ ކަމަށެވެ.

 

View this post on Instagram

 

A post shared by Dharma Productions (@dharmamovies)

ދެހާސް ބާވީހުގެ ތެރޭގައި ޝޫޓިން ނިންމާފައި އޮތް ފިލްމަށް ކުރިން ކިޔަން ނިންމާފައި އޮތީ "މޭރޭ މެހެބޫބް މޭރޭ ސަނަމް" އެވެ. ނަމަވެސް ކާސްޓްގައި ވިކީ ކޯޝަލާއި ޓްރިޕްތީ ދިމްރީގެ އިތުރުން އައްމީ ވާކް ހިމެނޭ މި ފިލްމުގެ ނަމަކީ "ބޭޑް ނިއުސް" ކަމަށެވެ.

މި އަހަރު ދަރްމާ އިން ވަނީ ގެެނެސްދިނުމަށް ގިނަ ފިލްމް ތަކެއް ތާވަލު ކޮށްފައިއެވެ. އަދި ހަމަ އެއާއި އެކީ އަރަމުން އަންނަ ޒުވާން ތަރިންނަށް އެ ޕްރޮޑަކްޝަން ހައުސް އިން ފުރުސަތު އަންނަނީ ލިބެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.