އަލީ އަނެއްކާ ވެސް އުމްރާވެއްޖެ

އަލީ އަނެއްކާ ވެސް އުމްރާވެއްޖެ

Author
ފާތިމަތު ނާވީ
18 މާރޗް 2024 10:51
0

އިންޑީއާގެ ޓިވީ ތަރި އަލީ އަނެއްކައިވެސް އުމްރާ ވެއްޖެއެވެ. އޭނާ ވަނީ މިދިއަ އަހަރު ވެސް އުމްރާގެ އަޅުކަން އަދާކޮށްފައިއެވެ.

ރޯދ މަހުގައި އުމްރާގެ އަޅުކަށް އަދާ ކުރުމަށްފަހު ނަގައިފައިވާ ފޮޓޯ ތަކެއް އަލީ ވަނީ އޭނާ ގެ ސީޝަލް މީޑިއާ އެކައުންޓުގައި ޕޯސްޓް ކޮށްފައިއެވެ. އެ ޕޯސްޓް ގައި އަލީ ބުނީ ދެވަނަ ފަހަރަށް އުމްރާ ކުރުމުގެ ފުރުސަތު ލިބުނު ކަމަށްޓަކައި ޝުކުރު ވެރިވާކަމަށެވެ.

އަލީ އަކީ "ބިގް ބޮސް 14″ ގައި ވެސް ވާދަކޮށްފައިވާ ފަންނާނެކެވެ. އުމުރުން 33 އަހަރުގެ އެކްޓަރު ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ޔޭ ހޭ މުހައްބަތޭ"، "ޔެ ކަހާ އާ ގައޭ ހަމް"، "ބަހޫ ހަމާރީ ރަޖްނީ ކަންތު" އަދި "ނާގިން 3″ ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.