"ދޯ ޕައްތީ" ގެ ޓިޒާއެއް ދައްކައިލައިފި

"ދޯ ޕައްތީ" ގެ ޓިޒާއެއް ދައްކައިލައިފި

Author
ފާތިމަތު ނާވީ
29 ފެބްރުއަރީ 2024 08:44
0

ބޮލީވުޑްގެ ތަރިން ކަމަށްވާ ކާޖޮލް އާއި ކްރިތީ ސެނަން އެކުގައި ފެނިގެންދާ ދެވަނަ ފިލްމް "ދޯ ޕައްތީ" ގެ ޓީޒާއެއް މިއަދު ދައްކާލައިފި އެވެ.

ނެޓްފްލިކްސްއާ ގުޅިގެން މިސްޓްރީ ތުރިލާ ޖޯންރާ ސްޓައިލަށް ގެނެސްދޭ މި ފިލްމަކީ ކްރިތީގެ އަމިއްލަ ފިލްމު ކުންފުނި، ބްލޫ ބަޓަފްލައި ފިލްމްސް އާއި ސްކްރީން ރައިޓަރު ކަނިކާ ދިލަންގެ ކާތާ ފިކްޗާސް ގުޅިގެން އުފައްދާ ފުރަތަމަ ފިލްމެވެ.

ޝަޝަންކާ ޗަތުރަވެދީ ޑައިރެކްޓްކުރި ފިލްމު އަންނަ އަހަރު ނެޓްފްލިކްސް އިން ގެނެސްދޭނެ އެވެ. އެކަމަކު އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ. ނަމަވެސް މިއަދު ވަނީ ފިލްމްގެ ކުޑަ މިންވަރެއް ދައްކައިލައިފައިއެވެ.

 

View this post on Instagram

 

A post shared by Netflix India (@netflix_in)

މި ފިލްމަކީ ކާޖޮލް އާއި ކްރިތީ އެކީގައި ކުޅުނު ދެވަނަ ފިލްމެވެ. މި ދެ ތަރިން އެކީގައި ފުރަތަމަ ފެނިފައި ވަނީ ޑައިރެކްޓަރު ރޯހިތު ޝެޓީގެ 2015 ގެ "ދިލްވާލޭ" އިންނެވެ. އޭގައި ކާޖޮލް އާއި ކްރިތީ އަކީ ދެބޭންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.