ލޯބީގެ ފިލްމް ތަށް ވަރަށް ކަމުދާ ކަމަށާއި ފިލްމް ލޯބީގެ ފިލްމް އެއް ކުޅެލަން ވަރަށް ބޭނުން ވާކަމަށް އެކްޓަރު ސިދާންތް ޗަކްރުވެދީ ބުނެފިއެވެ.
30 އަހަރުގެ އެކްޓަރު ބުނީ ވަރަށް ރީތީ ލޯބީގެ ފިލްމެއް ކުޅެން ބޭނުންވާ ކަމަށާއި ބޭނުން ވަނީ ތަފާތު އެކްޓިންއެއް ދެއްކޭ ކަހަލަ ޗެލެންޖިން ރޯލުތަކެއް ކަމަށެވެ. އިތުރަށް މީޑިއާގައި ވާހަކަ ދައްކަމުން އޭނާ ބުނީ ކުރީގެ ލޯބީގެ ފިލްމް ތަށް ވަރަށް ކަމުދާ ކަމަށާއި އެފަދަ ފިލްމް ތަށް އަލުން ހަދަން ތާއީދު ކުރާ ކަމަށެވެ.
މިހާރުވެސް ފިލްމް އަކަށް އެއްބަސް ވާއިރުގައި ޗެލެންޖިން ރޯލުތަކަށް ވަރަށް އިސްކަން ދޭ ކަމަށާއި އަދި ބޭނުންވާ ފަދަ ލޯބީގެ ފިލްމް އެއްގެ އިންތިޒާރުގައި ހުރި ކަމަށެވެ.
އޭނަ ބުނީ މިހާތަނަށް ކުރެވުނު މަސައްކަތްތަކާ ދޭތެރޭ ވެސް ވަރަށް ހިތްހަމަޖެހޭ ކަމަށާއި ބޭނުން ވަނީ ކޮލިޓީ މަސައްކަތްތަކެއް ކުރަން ކަމަށެވެ. އަދި ކިތަންމެ ކުޑަ ރޯލެއް ވިޔަސް މުހިންމު ތަފާތު ރޯލެއް ނަމަ އޭނާ ހުރީ އެ ފިލްމް އަކަށް ތައްޔާރަށް ކަމަށްވެސް ވަނީ ބުނެފައިއެވެ.
ސިދާންތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ޑިސެމްބަރުގައި ނެޓްފްލިކްސް އިން ގެނެސްދިން "ކޯ ގަޔޭ ހަމް ކަހާ" އެވެ.