އިމްރާން ބޮލީވުޑް އަށް އެންބުރި އަންނަނީ "ތޫ ޖާނެ ނާ"ގެ ސީކުއަލް އިން

އިމްރާން ބޮލީވުޑް އަށް އެންބުރި އަންނަނީ "ތޫ ޖާނެ ނާ"ގެ ސީކުއަލް އިން

Author
ފާތިމަތު ނާވީ
28 ފެބްރުއަރީ 2024 09:24
0

ބޮލީވުޑް އިން ގެއްލިފައިފާ ކުރީގެ އެކްޓަރު އިމްރާން ހާން ބޮލީވުޑްއަށް އެނބުރި އަންނަން އުޅޭ ކަމުގެ އަޑުތަށް ވަނީ ގަދަވެފައިއެވެ. އަދި ހަމަ އެއާއި އެކުގައި އޭނާ މިހާރު ފިލްމް އަކަށް އާބަސް ބުނެފައިވާ ކަމުގެ އަޑުތަކެއްވެސް މިދޭތެރައަކުން އެރިއެވެ.

އެންމެ ފަހުގެ ބޮލީވުޑްގެ ހަބަރުތަށް ބުނާގޮތުގައި އިމްރާން ބޮލީވުޑްއަށް އެނބުރި އަންނަނީ ފިލްމް "ތޫ ޖާނެ ނާ" ގެ ސީކުއަލް އިން ކަމަށެވެ. 2008 ވަނަ އަހަރު ގެނެސްދިން މި ފިލްމްގެ ލީޑުން ފެނިގެން ދިއައީ އިމްރާން އާއި އެކްޓަރު ރިތޭޝް ދޭޝްމުކް ގެ އަންހެނުން ބަތަލާ ޖެނީލިއާ ޑީސޫޒާއެވެ.

އައްބާސް ޓައިރެވާލާ ޑައިރެކްޓް ކުރި މި ފިލްމް އަކީ ވަރަށް ކާމިޔާބު ފިލްމްއެކެވެ. އަދި ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއްވެސް ހޯދި ފިލްމްއެއްވެސް މެއެވެ. ނަމަވެސް އަދި ރަސްމީ ފަރާތަކުން މި ކަން ކަށަވަރު ކޮށްދީފައިއެއް ނުވެއެވެ.

އިމްރާން އަކީ ސްޕަސްޓާ އާމިރު ހާން ގެ ދެބެންގެދެދަރި ކޮއްކޮއެވެ. ނަމަވެސް އިމްރާން އަށް ބޮލީވުޑްގައި އާމިރު ފަދައިން މާބޮޑު ކާމިޔާބެއް ނުހޯދުނެއެވެ. އަދި އެއާއި އެކުގައި އޭނާގެ ކެރިއަރު މަޑުމަޑުން ހަލާކުވީއެވެ.

މަދު ފިލްމް ތަކަކުން ފެނިގެންދިއަ އިމްރާން ގެ އެންމެ ފަހުގެ ފިލްމް އަކީ "ގޯރީ ތެރެ ޕިޔާރްމޭ" އެވެ. އެ ފިލްމް ގައި އޭނާ ފެނިގެން ދިއައީ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު އާއި އެކުގައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.