އެޓްލީ އަށް ހޮލީވުޑްގެ ފިލްމެއް ޑައިރެކްޓްކުރަން ފުރުސަތު ލިބިއްޖެ

އެޓްލީ އަށް ހޮލީވުޑްގެ ފިލްމެއް ޑައިރެކްޓްކުރަން ފުރުސަތު ލިބިއްޖެ

Author
ފާތިމަތު ނާވީ
28 ފެބްރުއަރީ 2024 09:22
0

ސަައުތުގެ މަޝްހޫރު ޑައިރެކްޓަރު އެޓްލީ އަށް ހޮލީވުޑްގެ ފިލްމެއް ޑައިރެކްޓްކުރަން ފުރުސަތު ލިބިއްޖެ އެވެ.

އޭނާ އަކީ މިދިއަ އަހަރު ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ފިލްމް ކަމުގައިވާ ޝާހުރުކް ހާންގެ "ޖަވާން" ގެ ޑައިރެކްޓަރެވެ. މި ފިލްމް އަކީ ބޮކްސް އޮފީގައި ވެސް ބޮޑު އާމްދަނީއެއް ހޯދި ފިލްމްއެކެވެ.

37 އަހަރުގެ ހުނަރުވެރި ޑައިރެކްޓަރު މި ހަބަރު ކަށަވަރު ކޮށްދީފައިވަނީ އެބީޕީ ނިއުސް އަސް ދިން އިންޓަވިއުއެއްގައިއެވެ. ނަމަވެސް މާބޮޑު ތަފްސީލަކަށް ނުގޮސް ބުނީ ވަރަށް އަވަހަށް ހަބަރުތަށް ހިއްސާ ކުރާނެ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން އޭނާ ބުނީ މި ފުރުސަތުގެ ބޭނުން ހިފާނެ ކަމަށާއި މިއީ ވަރަށް ބޮޑު ތަޖުރިބާ އަކަށް ވަނެ ކަމަށެވެ. ހަމަ އެފަދައިން "ޖަވާން" ގައި ޝާހު އާއި އެކުގައި މަސައްކަތް ކުރުމުން ވެސް ވަރަށް ތަޖުރިބާ ލިބުންކަމަށެވެ.

 

View this post on Instagram

 

A post shared by Atlee Kumar (@atlee47)

އެޓްލީ ޑައިރެކްޝަނަށް ނުކުތީ 2013 ގެ "ރާޖާ ރާނީ" އިންނެވެ. އޭގެ ފަހުން އޭނަ ގެނެސްދިން ފިލްމުތަކުގެ ތެރޭގައި 2016 ގެ "ތެރީ"، 2017 ގެ "މާސަލް" އަދި 2019 ގެ "ބިޖިލް" ހިމެނެ އެވެ. "ޖަވާން" އަކީ އޭނަގެ ފުރަތަމަ ހިންދީ ފިލްމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.