ބޮލީވުޑްގެ ޒުވާން އެކްޓަރު އަދި ސަލްމާން ހާން ގެ ޅިޔަނު އަޔޫޝް ޝަރްމާ ގެ ކުރިއަށް އޮތް ފިލްމް "ރުސްލާން" ގެ މޯޝަން ޕޯސްޓަރެއް ދައްކައިލައިފިއެވެ.
ފިލްމު "ލަވްޔާތުރީ"އިން 2018ވަނަ އަހަރު ފިލްމީ ދާއިރާއަށް ތައާރަފްވި ޒުވާން އެކްޓަރު އާޔޫޝް ގެ "ރުސްލާން" އަކީ ޝޫޓިންގ ނިންމާ ވަރަށް ގިނަ ދުވަސްތެކެއް ރިލީޒް ނުކުރެވި އޮތް ފިލްމްއެކެވެ.
އާޔޫޝް ފިލްމީ ދާއިރާއަށް ތަޢާރަފް ވުމަށްފަހު ސިނަމާއިން ފެންނާނެ ތިން ވަނަ ފިލްމު "ރުސްލާން" އަކީ ވަރަށް ވަރުގަދަ ލޯބީގެ އެކްޝަން ޑްރާމާއެކެވެ. ފިލްމުގައި އާޔޫޝް ކުޅޭ ރޯލަށް އޭނާ ވަނީ ހަށިގަނޑު ވަރަށް ބޮޑަށް ތައްޔާރުކޮށްފައެވެ.
މި ފިލްމް އަކީ މީގެ ކުރިން އެތަށް ފަހަރެއްގެ މަތިން ރިލީޒް ކުރުމަށް ނިންމާ ދިގު ދެމިގެން ގޮސްފައިވާ ފިލްމްއެކެވެ. ނަމަވެސް އަދި ވެސް ފިލްމް އަށް އައު ތާރީހެއް ނުލިބެއެވެ.
ސްރީސަތިޔާސައި އާޓްސްގެ ބެނާގެ ދަށުން ކޭކޭ ރާދަމޯހަން ޕްރޮޑިއުސްކުރާ މި ފިލްމަކީ ކަތިޔާން ޝިވްޕޫރީ ޑައިރެކްޓްކޮށްފައިވާ ފިލްމް އެކެވެ. "ރުސްލާން" ރިލީޒްކުރަން ހަމަޖެހިފައި ވާ ތާރީހް އަދި އިއުލާނެއް ނުކުރެއެވެ.
މި ފިލްމް އިން ބޮލީވުޑްއަށް އައު ތަރި އަކު ލިބިގެން ދާނެއެވެ. އެގޮތުން ސުޝްރީ މިޝްރާ މި ފިލްމް އިން ބޮލީވުޑް އަށް ތައާރަފް ވާނެއެވެ. އިތުރުން ސައުތު ތަރި ޖަގަޕަތީ ބާބޫ އާއި "ޗަކް ދޭ އިންޑިއާ" އިން ވިދާލި ވިދްޔާ މަލަވަޑޭ ވެސް މުހިއްމު ރޯލުތަކުން ފެންނާނެ އެވެ.