"ބަޅޭ މިޔާ، ޗޯޓޭ މިޔާ" ގެ ޓައިޓަލް ޓްރެކް ރިލީޒް ކޮށްފި

"ބަޅޭ މިޔާ، ޗޯޓޭ މިޔާ" ގެ ޓައިޓަލް ޓްރެކް ރިލީޒް ކޮށްފި

Author
ފާތިމަތު ނާވީ
25 ފެބްރުއަރީ 2024 03:31
0

އެކްޝަން ހޯރޯގެ ގޮތުގައި މަޝްހޫރު ދެތަރިން ކަމުގައިވާ އަކްޝޭ ކުމާރު އާއި ޓައިގާ ޝްރޮޕް ގެ ކުރިއަށް އޮތް ފިލްމް "ބަޅޭ މިޔާ، ޗޯޓޭ މިޔާ" ގެ ޓައިޓަލް ޓްރެކް ރިލީޒް ކޮށްފިއެވެ.

މިއީ ވަރަށް ހިތްގައިމު ފިިލްމަކަށްވާނެކަމުގެ ޔަގީންކަން އޭގެ ޓީމުން ދީފައިވާއިރުގައި މިއީ މި ފިލްމްގެ ލީޑުން ތިން ބަތަލާ އެއް ވެސް ފެނިގެންދާނެއެވެ. އެއީ އަލާޔާ އެފްއާއި މަނޫޝީ ޗިއްލަރު އަދި ސޮނާކްޝީ ސިންހާއެވެ. އަދި މީގެ އިތުރުން މަޝްހޫރު މަލަޔާޅަމް އެކްޓަރު ޕްރިތުވީރާޖް ސުކްމަރަން ވިލަންގެ ރޯލުން ފެނިގެންދާނެއެވެ.

ހަތަރު ގައުމެއްގެ 15 ސިޓީއެއްގައި ޝޫޓްކޮށްފައިވާ މި ފިލްމް އަކީ ވަރަށް އުންމީދީ ފިލްމްއެކެވެ. ޕްރޮޑިއުސަރު ވާޝޫ ބަގްނާނީގެ ޕޫޖާ އެންޓަޓައިންމަންޓަށް، އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކޮށްފައިވާ ފިލްމްއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.