ދީޕިކާ ބަނޑުބޮޑު

ދީޕިކާ ބަނޑުބޮޑު

Author
ފާތިމަތު ނާވީ
23 ފެބްރުއަރީ 2024 10:27
0

އިންޑިއާގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯން މިހާރު އިނީ އަލަތު ދަރިފުޅަށް ބަލިވެކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ދީޕިކާ އާއި މަޝްހޫރު އެކްޓަރު ރަންވީރު ސިންގް ކައިވެނި ކުރީ 2018 ވަނަ އަހަރުގައިއެވެ. އެކައިވެންޏަށް 7 އަހަރު ވެގެން ދިއައިރުގައި އަދި އެމީހުން އުފާވރި ހަބަރެއް ދޭން އުޅޭ ކަމަށް މީޑިއާއިން ވަނީ ބުނެފައިއެވެ.

ވަރަށް ގަދައަށް މިހާރު އަންނަނީ މީޑިއާގައި މިވާހަކަ ދެކެވެމުންނެވެ. އަދި މީގެ ދެދުވަހެއް ކުރިން އޭނާ އޭއާޕޯޓްގައި ހުއްޓާއި ނަގަފައިވާ ފޮޓޯތަކެއްވެސް ވަނީ ދައުރުވާން ފަށައިފައިއެވެ. ނަމަވެސް މިހަބަރާއި ބެހޭގޮތުން އަދި އެމީހުން ރަސްމީގޮތުން ބަހެއް ބުނެފައިއެއް ނުވެއެވެ.

މިއީ ދީޕިކާ ބަލިވެއިން ކަމަށް ބުނާ އަޑުތަކެއް ފެތުރު ފުރަތަމަ ފަހަރެވެ. ފާހަަކޮށްކެވޭ ކަމަކީ މި ދެ ތަރިން ކައިވެނިކުރި ފަހުން އެންމެ ގިނައިން ކުރެވޭ ސުވާލަކީ ދަރިއަކު ހޯދުމާ ބެހޭ ގޮތުން ކުރެވޭ ސުވާލެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.