ވިޔަފާރިވެރިންނަށް އޮންލައިން ސްޓެޓިސްޓިކްސް ހިމެނޭ ގޮތަށް ޑިޖިޓަލް ހިދުމަތްތައް ކަސްޓަމްސް އިން ތައާރަފްކޮށްފި

ވިޔަފާރިވެރިންނަށް އޮންލައިން ސްޓެޓިސްޓިކްސް ހިމެނޭ ގޮތަށް ޑިޖިޓަލް ހިދުމަތްތައް ކަސްޓަމްސް އިން ތައާރަފްކޮށްފި

Author
ހުސެއިން
19 ފެބްރުއަރީ 2024 06:44
0

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހޯމަ ދުވަހު ހަތަރު ޑިޖިޓަލް ހިދުމަތެއް ތައާރަފްކޮށްފިއެވެ.

އެ ޚިދުމަތްތަކަކީ، ކުއަރިއަރ ކާގޯ މެނޭޖްމަންޓް ސިސްޓަމް، އޮންލައިން ކޭޝް ޑިކްލެރޭޝަން، ވިޔަފާރިވެރިންނަށް އޮންލައިން ސްޓެޓިސްޓިކްސް، އަދި އެޑްވާންސް އީ-އޭޖެންސީ އެޕްރޫވަލް ދިނުން. ވިޔަފާރިވެރިންނަށް އޮންލައިން ތަފާސްހިސާބުތައް

މި ހިދުމަތުގެ ދަށުން ވިޔަފާރިވެރިން އެތެރެކުރާ މުދަލުގެ ތަފާސްހިސާބުތައް ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ޗެކްކުރެވޭނެއެވެ.

އޮންލައިންކޮށް ކޭޝް ޑިކްލެރޭޝަން

މި ހިދުމަތަކީ ކުރިން މެނުއަލްކޮށް ފޯރުކޮށްދޭ ހިދުމަތެކެވެ. މި ހިދުމަތް ޑިޖިޓަލައިޒް ކުރުމުން ދަތުރުވެރިންނަށް ރާއްޖެއިން ބޭރުން ވިޔަސް ނުވަތަ އެއާޕޯޓަށް ދިއުމުގެ ކުރިން ވެސް ކޭޝް ޑިކްލެރޭޝަން ފޯމް އޮންލައިންކޮށް ހުށަހަޅައި ޕްރޮސެސް ކުރެވޭނެ އެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި މި ހިދުމަތް ޑިޖިޓަލައިޒް ކުރުމުން ދަތުރުވެރިންގެ ފަސޭހަތައް އިތުރުވެގެން ދާނީ ކިއުގައި މަޑުކުރަން ނުޖެހި، ޕީކް ގަޑިތަކުގައި ދިމާވާ މައްސަލަތައް އެންމެ ކުޑަވެގެންނެވެ.

އެޑްވާންސް އީ-އޭޖެންސީ އެޕްރޫވަލް

މި ހިދުމަތާއެކު ޑިކްލެރޭޝަންތައް ހުށަހަޅާ ނުވަތަ އެސެސްކުރާ ހިސާބުން އޮޓޮމެޓިކް އެޕްރޫވަލް ރިކުއެސްޓްތައް އިދާރާތަކަށް ލިބޭނެއެވެ. ކަސްޓަމްސް އިން ބުނާ ގޮތުގައި ޑިޖިޓަލައިޒޭޝަންގެ ސަބަބުން ތިން ގަޑިއިރާއި ހަތަރު ގަޑިއިރާއި ދެމެދުގެ ލަސްތަކެއް ސަލާމަތްވެ، މުދާ ކްލިއަރެންސް ކުރުމުގެ މަސައްކަތް އަވަސްވެގެންދާނެ އެވެ.

ކުއަރިއަރ ކާގޯ މެނޭޖްމަންޓް ސިސްޓަމް

މި ހިދުމަތަކީ ކުރިން މެނުއަލްކޮށް ފޯރުކޮށްދޭ ހިދުމަތެކެވެ. ކަސްޓަމްސް އިން ބުނާ ގޮތުގައި މި ހިދުމަތް ޑިޖިޓަލައިޒް ކުރުމުން ގިނަ ވަގުތު ސަލާމަތްވެ، ކޮންމެ ތަނަކުން ވެސް ޕެކޭޖުތަކުގެ ހާލަތު ބެލޭނެ އެވެ.

ލޯންޗު ކުރުމުގެ ހަރަކާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މަނިއު މުހައްމަދު ވަނީ ކަސްޓަމަރުންގެ ފަސޭހަކަން އިތުރުކޮށް ވިޔަފާރިއަށް މަގުފަހިކޮށްދިނުމަށް އެ އިދާރާއިން ކުރާ މަސައްކަތް ތަކުރާރުކޮށްފަ އެވެ.

މަނިއު ވިދާޅުވީ އެ އިދާރާގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.