އިންތިހާބު ފަސްކުރުމަށް ފާސްކުރި ބިލް ވަގުތުން ތަސްދީގު ކުރަންޖެހޭ: ފައްޔާޒް

އިންތިހާބު ފަސްކުރުމަށް ފާސްކުރި ބިލް ވަގުތުން ތަސްދީގު ކުރަންޖެހޭ: ފައްޔާޒް

ގުޅުންހުރި

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ރޯދައިގެ ފަހަށް ލަސްކުރުމަށް، ރައްޔިތުންގެ މަޖިލިހުން ގާނޫނަށް ގެނެސްފައިވާ އިސްލާހު ތަސްދީގު ކުރުމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ރައީސް މުއިއްޒުއަށް ގޮވާލައްވައިފިއެވެ.

ކުރިއަށް އޮތް ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ގޮތަށް، އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލިހުން ފާސްކޮށްފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.

އެހެންނަމަވެސް މިއަދާއި ހަމައަށް އައިއިރުވެސް ރައީސް މުއިއްޒު މި އިސްލާހު ތަސްދީގު ކޮށްފައެއް ނުވެއެވެ.

މިއިސްލާހު ތަސްދީކު ލަސްވަމުން ދިއުމުގެ ކަންބޮޑުވުން ފާޅު ކުރައްވަމުން ފައްޔާޒު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ އިންތިޚާބުތައް ބާއްވަންވާނީ ރައްޔިތުންގެ ބައިވެރިވުން ބޮޑު ވާނޭ ގޮތް ބަލައިގެންކަމަށާއި، ރައްޔިތުންގެ ވަކީލުން ހޮވުމުގެ އިންތިޚާބު ރަމަޟާންމަހު ބޭއްވީމާ އެ ދަތިކުރެވެނީ ވޯޓުދިނުމުގެ އަސާސީ ޙައްޤުގެ ބޭނުންކުރުމަށް ކަމަށެވެ. އަދި އިންތިޚާބު ފަސްކުރުމަށް ފާސްކުރި ބިލް ވަގުތުން ތަސްދީޤުކުރަންޖެހޭ ކަމަށް ފައްޔާޒު ވިދާޅުވެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ