އަންހެނުންނަށް ހަމަހަމަ ފުރުޞަތު ކަށަވަރުކުރުމަށް ރައީސް ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ: މެޑަމް ސާޖިދާ

އަންހެނުންނަށް ހަމަހަމަ ފުރުޞަތު ކަށަވަރުކުރުމަށް ރައީސް ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ: މެޑަމް ސާޖިދާ

Author
ހުސެއިން
12 ފެބްރުއަރީ 2024 07:45
0

ދެޖިންސުގެ ދެމެދުގައި ތަފާތުކުރުމެއްނެތި އިޖުތިމާއީ، އިޤްތިޞާދީ، އަދި ސިޔާސީ މައިދާނުގައި އަންހެނުންނަށް އެއްހަމައަކުން، ހަމަހަމަ ފުރުޞަތު ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދެއްވާމަށް މެޑަމް ސާޖިދާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ނުވަ ވަނަ 'އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގަރލްސް އިން ސައިންސް އެސެމްބްލީ’ގެ ބައްދަލުވުމުގައި ދެއްޗި ވީޑިއޯ މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މެސެޖުގައި ސައިންސްގެ ދާއިރާތަކުން އަންހެނުންނާއި އަންހެންކުދިން ކުރިއެރުވުމަށް ދިވެހިރާއްޖެއިން ޚާއްސަ ސަމާލުކަމެއް ދެމުންގެންދާކަމުގައި ވިދާޅުވިއެވެ. އަދި އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ޑިޖިޓަލައިޒޭޝަންގެ ދާއިރާގައި ހަރަކާތްތެރިވަމުންދާ އަންހެނުންގެ އަދަދު އިތުރުކުރުމަށާއި ކުރިއެރުވުމަށް ސަރުކާރުން ބާރުއަޅަމުންދާކަމަށް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މެޑަމް ސާޖިދާ ވީޑިއޯގެ ޒަރީއާއިން މެސެޖު ދެއްވީ ނުވަ ވަނަ 'އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގަރލްސް އިން ސައިންސް އެސެމްބްލީ' ގެ ނިންމުމުގެ ރަސްމިއްޔާތުގައެވެ. މި ބައްދަލުވުން ބާއްވާފައި ވަނީ ނިއުޔޯކުގައި އ.ދ. ގެ މައި މަރުކަޒުގައި ފެބުރުވަރީ 8-9 ގައެވެ.

އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގަރލްސް އިން ސައިންސް އަކީ އ.ދ. ގެ ޢާންމު މަޖިލީހުގެ ޤަރާރު (ނަންބަރު: A/RES/70/212) ގެ ދަށުން ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރަމުންދާ ދުވަހެކެވެ. މިއީ ސައިންސްގެ ދާއިރާގައި މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށް ގޮވާލާ މިދާއިރާގައި އަންހެނުން ހާސިލުކޮށްފައިވާ ކާމިޔާބީ ފާހަގަކުރުމަށް ލިބޭ ފުރުޞަތެއްވެސް މެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.