"ރާމާޔަން" އަށް ސާއި އެއް ނޫން ޖާންވީ

"ރާމާޔަން" އަށް ސާއި އެއް ނޫން ޖާންވީ

Author
ފާތިމަތު ނާވީ
12 ފެބްރުއަރީ 2024 09:08
0

ރަންބީރް ކަޕޫރާ އެކީ ޑައިރެކްޓަރު ނިތޭޝް ތިވާރީ ހަދަން ނިންމާފައިވާ "ރާމާޔަން" ގެ ބަތަލާ އަކަށް ޖާންވީ ކަޕޫރު ހަމަ ޖައްސައިފައިވާ ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.

މީގެ ކުރިން މީޑިއާއިން ބުނަމުން އައީ މި ފިލްމް ގެ ލީޑުން ފެނިގެން ދާނީ ސައުތުގެ މަޝްހޫރު ބަތަލާ ސާއި ޕައްލަވީ ކަމަށެވެ. ނަމަވެސް އޭނަގެ ބަދަލުގައި މިހާރު "ރާމާޔަން" ގައި ސީތާގެ ރޯލު ކުޅެން ޖާންވީ އަށް ދީފައިވާ ކަމަށް މީޑިއާއިން އަންނަނީ ބުނަމުންނެވެ.  ޖާންވީ އަކީ ނިތޭޝް އެންމެ ފަހުން ގެނެސްދިން މިދިޔަ އަހަރުގެ ފިލްމު "ބަވާލް" ގެ ވެސް ބަތަލާ އެވެ.

 

View this post on Instagram

 

A post shared by Janhvi Kapoor (@janhvikapoor)

މި ފިލްމް އިއުލާން ކުރުމާއި އެކުގައި މި ފިލްމްގައި ރަންބީރު އާއި އެކުގައި ފެނިގެން ދާނީ އޭނާގެ އަންހެނުން އާލިއާ ބަޓް ކަމަށް ބުނެ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައިއެވެ. ނަމަވެސް އަދި ވެސް ރަސްމީކޮން އެއްވެސް ބަތަލާއެއް ގެ ނަމެއް އަދި އިއުލާންއެއް ނުކުރެެއެވެ. މީޑިއާގައި މުޅިންވެސް ދެކެވެނީ ތޯތޯ ވާހަކަތަކެކެވެ.

އަރަމުން އަންނަ ޒުވާން ބަތަލާ އަދި މިހާތަނަށް ރަންބީރާ އެކީ ފިލްމެއްގެ މަސައްކަތެއް ނުކުރެ އެވެ. ފާހަގަކޮށްލެވޭ ކަމަކީ ރަންބީރްގެ ބައްޕަ ރިޝީ ކަޕޫރާއި ޖާންވީ ގެ މަންމަ ޝްރީދޭވީ އަކީ ހިންދީ ސިނަމާގެ ކުރީގެ ވަރަށް މަގުބޫލު ޖޯޑެއްކަމެވެ.

 

View this post on Instagram

 

A post shared by Sai Pallavi (@saipallavi.senthamarai)

 

އިންޑިއާގެ ހިންދޫންގެ ތެރޭގައި ކިޔައި އުޅޭ ހުރާފީ ވާހަކަ ރާމާޔަން އަށް ބިނާކޮށް ހަދާ ފިލްމުގެ މަސައްކަތް ފަށަން ތައްޔާރީތައް ވަމުން އަންނަ އިރު، މި ޓްރިލޮޖީ އިއުލާންކުރީ 2018 ގަ އެވެ.  މީގެ ޑައިރެކްޓަރު ނިތޭޝް އަކީ "ޑަންގަލް" އާއި "ޗިޗޯރޭ" ފަދަ ކާމިޔާބު ފިލްމުޔައް ގެނެސްދިން ހުނަރުވެރި ޑައިރެކްޓަރެވެ.

 

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.