މިސް ވޯލްޑް މަނޫޝީ ވެސް ރާއްޖޭގައި!

މިސް ވޯލްޑް މަނޫޝީ ވެސް ރާއްޖޭގައި!

Author
ޢަލީ އާދަމް
16 ޑިސެމްބަރ 2020 06:38
0

2017 ވަނަ އަހަރުގެ މިސް ވޯލްޑް މަނޫޝީ ޗިއްލާރް، ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ. އޭނާ އިއްޔެ ވަނީ ރާއްޖޭގެ ނޫ އުޑާއި ނޫކަނޑު ފެންނަހެން ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ދޫކޮށްލާފައެވެ.

މަނޫޝީ ޗުއްޓީ ހޭދަކުރަނީ ރ. އަތޮޅުގައި ހިންގާ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައުގައެވެ. ނޫކުލައިގެ ސްވިމް ކިޓެއްގައި ހުރި މަނޫޝީގެ މުޅި ފޮޓޯގައި ވެސް އޮތީ ރާއްޖޭގެ ނޫ އުޑުގެ ނޫކަމާއި، ކަނޑާއި މޫދުގެ ނޫކަމެވެ.

ރީތީގެ ރާނީ އަދި މޮޑެލް މަނޫޝީ ޗިއްލާރް މިހާރު ތައްޔާރުވަމުންދަނީ ޔަޝްރާޖް ފިލްމްސްގެ "ޕްރިތުވީރާޖް" އިން އަކްޝޭ ކުމާރާ އެކު ބޮލީވުޑަށް ނުކުތުމަށެވެ. މިދިޔަ އަހަރު އިއުލާން ކުރި މި ފިލްމަކީ ތާރީހީ ހަނގުރާމަ ދައްކުވައިދޭ ފިލްމެކެވެ. ފިލްމުގައި ފެނިގެންދާނި 1178-1192 އަށް އިންޑިއާގައި ރަސްކަން ކުރި ޕްރިތުވީރާޖްގެ ވާހަކަ ތަކެކެވެ. އެ ރަސްކަލުގެ ބައިން އަކްޝޭ ފެންނައިރު ރާނީ ސަނިޔޮގީތާގެ ރޯލުން ފެންނާނީ މަނޫޝީ އެވެ.

 

View this post on Instagram

 

A post shared by Manushi Chhillar (@manushi_chhillar)

މި އަހަރު ދިވާލީއަށް ނެރުމަށް ކުރިން ނިންމާފައި އޮތް މި ފިލްމު ދެން ބެލުންތެރިންނަށް ފެންނާނީ އަންނަ އަހަރު އެވެ. ނަމަވެސް ސީދާ ތާރީހެއް އަދި ޔަގީނެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.