ކަރެކްޝަނުން މީހުން އުފުލުމަށް ބޭނުންކުރާ ލޯންޗު ހަލާކުވުމުގެ ސަބަބުން، މިއަދު ބާއްވަން ހަމަޖެއްސި ނައީމާ މީސާގެ މަރުގެ ޝަރީއަތް ކެންސަލް ކޮށްފިއެވެ.
މިއަދު ފަށާގޮތަށް އޮތީ ނައީމާ މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވިގެން ދައުވާކުރި ތިން މީހުންގެ ތެރެއިން އެކެއް ކަމަށްވާ، ފިނިފެންމާގެ، ނ. މަނަދޫ، އަބްދުލްވާހިދު ރިފާސް، 21، ގެ އަޑުއެހުމެކެވެ.
މިއަދު ފަށަނީ އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުންތަކެވެ.
މި ޝަރީއަތް ކުރިޔަށް ދާއިރު، މައްސަލައިގެ މައުލޫމާތު ޕީޖީ އޮފީހުގެ ބެންސައިޓުގައި އާންމުންނަށް ފެންނާނޭ އިންތިޒާމް ވަނީ ޖަމަޖައްސާފައެވެ. އޭގެ ސަބަބެއް ކަމުގައި ޕީޖީ އޮފީހުން ވިދާޅިވަނ މިއީީ އާންމުންގެ މަސްލަހަތާއި ޝައުގުވެރިކަން އޮތް މައްސަލައަކަށް ވާތީއެވެ.
ޕީޖީ ޝަމީމު ކުރިން ވިދާޅުވެފައިވަނީ، ނައީމާގެ މަރުގެ މައްސަލާގައި ދައުވާކުރަން ފޮނުވާފައިވާ މީހުންގެ މައްޗަށް ދައުވާ ސާބިތު ކުރެވޭވަރަށް ހެކި އެބަހުރިކަމުގައެވެ. އޭނަ ވިދާޅުވެފައިވަނީ އެހެންނަމަވެސް ހެކި ނައްތާލުމުގެ ބޭނުމުގައި، ނައީމާ މަރާލުމަށް ބޭނުންކުރި ވަޅިއާއި އެފަދަ އެހެނިހެން ތަކެތިވެސް އަންދާލާފައިވާ ކަމުގައެވެ.
ނައީމާ މޫސާ މަރުވެފައި އޮތްވާ ފެނުނީ މިދިޔަ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު އޭނާ ދިރިއުޅެމުންދިޔަ ގޭގައެވެ. މިއާއެކު މަރުގެ މައްސަލާގައި ފުލުހުންގެ ޚާއްޞަ ތަޙްޤީޤު ޓީމެއް މަނަދޫގައި ހަރަކާތްތެރިވެފައި ވެއެވެ.
މިމައްސަލައިގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ނ.މަނަދޫ ފެހިވިލާގެ އަހުޒަމް އަބްދުއް ޝުކޫރާއި އަބްދުލް ވާހިދު ފިރާސްގެ މައްޗަށެވެ. ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާވެސް ހިމެނޭގޮތަށް، މި ދެމީހުންގެ މައްޗަށްވެސް ދައުލަތުން ތިން ދައުވާއެއް ކުރެއެވެ.
އޭނާ ވިދާޅުވީ ތޫނު ހަތިޔާރުގެ ބޭނުންކޮށްގެ ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ކުރަނީ ނައީމާ މަރާލުމަށްފަހު ނ.މަނަދޫ ނާމަގު ސަރަހައްދަށް ގޮސް އެތަނުގައި ވަޅެއް ކޮނެ އެއަމަލު ހިންގުމަށް ބޭނުން ކުރި ވަޅި އާއި އެހެން އެއްޗެހި ނައްތާލަން އަންދާލާފައިވާތީ ކަމުގައެވެ.
އޭގެ އިތުރުން ޝަމީމު ވިދާޅުވީ އެ ދެމީހުންގެ މައްޗަށް މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ހިފާފައިވާކަމުގެ ދައުވާވެސް ކުރާ ކަމަށެވެ.
އެދައުވާ މިކުރަނީ އެގޭގެ ދޮރު ތަޅުލާފައި ދިޔައީ، އެހެންވެ 40 ގަޑިއިރު ފަހުން އާއިލާއަށް އެ އެނގުނީ އެހާދިސާ ހިނގައިގެން އުޅޭކަން.
ޝަމީމް ވިދާޅުވެފައި ވެއެވެ.
ޝަމީމު ވިދާޅުވެފައިވަނީ ނައީމާ މަރާލުމުގައި ހުޒަމް އަބްދުއް ޝުކޫރާއި އަބްދުލް ވާހިދު ފިރާސްވެސް އަމަލީގޮތުން ބައިވެރި ވެފައިވާތީ ދެ މީހުންގެ މައްޗަށްވެސް ދައުވާ ސާބިތު ކުރެވޭނެކަމަށް ޕީޖީ އޮފީހުން ގަބޫލު ކުރާކަމުގައެވެ.
ނައީމާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު ނައީމާ ޑިއުޓީއަށް ނުގޮސްގެން އަދި އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން އެ ދުވަހު ހަވީރު އެ ގެއަށް ގޮސް ނައީމާ ދިރިއުޅޭ ގޭގެ ކޮޓަރީގެ ދޮރު ވައްޓާލައިގެން ބެލިއިރު އެވެ. ފުލުހުން ގެއަށް ވަންއިރު ނައީމާ އޮތީ ޒަހަމްތަކަކާ އެކު ތަޅުންގަނޑު މަތީގައި މަރުވެފަ އެވެ. އަދި ހަށިގަނޑުގައި ގިނަ އަދަދަކަށް ޒަހަމު ހުރި ކަމަށް އެނގިފައިވެއެވެ.
ޕޯސްޓްމޯޓަމް ހެދުމުގެ ބަދަލުގައި ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު ނައީމާގެ ހަށިގަނޑު މަނަދޫގައި ވަޅުލީ މިދިޔަ އަހަރުހެ އޭޕްރީލް މަހުގެ އަށްވަނަ ދުވަހުއެވެ.