އެތައްސަތޭކަ ކުދިންނެއް ރަހީނު ކޮށްފައި ވާކަމަށް ބޮކޯ ހަރާމުން ބުނެފި

އެތައްސަތޭކަ ކުދިންނެއް ރަހީނު ކޮށްފައި ވާކަމަށް ބޮކޯ ހަރާމުން ބުނެފި

Author
ހުސެއިން
16 ޑިސެމްބަރ 2020 07:05
0

ނައިޖީރިއާގެ ހުޅަގު އުތުރުގެ އަވަށެއްކަމުގައިވާ، ކަޓްސިނާގެ ސްކޫލަކަށް ފާއިތުވެދިޔަ ހަފްތާގައި ދިން ހަމަކާގެ ފަހަތުގައިވަނީ ބޮކޯ ހަރާމު ކަމުގައިބުނެ، އެސްކޫލުގައި ކިޔަވަމުންދާ އެތައް ސަތޭކަ ކުދިންނެއް ރަހީނު ކޮށްފައިވާކަމަށް އެޖަމާއަތުން ބުނެފިއެވެ.

ބޮކޯ ހަރާމުން ދިން މިހަމަލައަށްފަހު، އަދިވެސް އެ ސްކޫލުގައި ކިޔަވަމުންދާ 300 އެއްހާ ކުދިންވަނީ ނުފެނިފައެވެ. ހަގުރާމަވެރިން ސްކޫލަށް ހަމަލާ ދޭންފެށުމާއެކު، ގިނައަދަދެއްގެ ކުދިންވަނީ ކައިރީގައިވާ ޖަންގަލީތަކަށް ވަދެ ފިލާފައެވެ.

ނައިޖީރިއާގެ ރަސްމީ އިދާރާތަކުން ކުރިންވަނީ، ފޭރޭ މީހުންގެ ބޮލުގައި މިހަމަލާގެ ޒިންމާ އަޅުވާފައެވެ.

ފާއިތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ބޮކޯ ހަރާމުން ވަނީ، ނައިޖީރިއާގެ އެތަކެއް ސްކޫލަކަށް ހަމަލާދީ އެތައް ކުދިންނެއް ރަހީނު ކޮށްފައެވެ. މީގެ ތެރޭގައި، އެގައުމުގެ އިރު އުތުރުގެ އަވަށެއްކަމުގައިވާ ޗިބިކްއަށް 2014 ވަނަ އަަހަރު ހަމަލާދީ، އެތަކެއް ސްކޫލު ކުދިންނެއް ރަހީނުކުރި ހާދިސާ ފާހަގަ ކޮށްލެވެއެވެ. މިހާތަނަށް އައިއިރު ބޮކޯ ހަރާމް ޖައާއަތުން ގިނައިން ހަމަލާ ދީފައިވަނީ އެގައުމުގެ އިރު އުތުރުގެ ސަރަހައްދުތަކަށެވެ.

މިހާދިސާއަށްފަހު، ބޮކޯ ހަރާމްގެ ލީޑަރު އަބޫބަކުރު ޝެކާއު އޯޑިއޯ މެދުވެރިކޮށް ދުރަށްފޮނުވި މެސެޖެއްގައި ބުނެފައިވަނީ، "ކަޓްސިނާގައި ކުދިން ރަހީނު ކުރި ކުރުމަކީ އަހަރުމެން އަދާކުރި ޒިންމާއެއް" ކަމަށާއި، އެގްރޫޕުން އަދިވެސް ހުޅަގުގެ ތައުލީމާ ދެކޮޅު ހަދަމުން ދާނެކަމަށެވެ.

މިއަހަރު މިހާތަނަށް އައިއިރު، ނައިޖީރިއާގެ ހުޅަގު އުތުރު ސަރަހައްދުގައި، ހަގުރާމަވެރި ޖަމާއަތްތަކުން ދީފައިވާ ހަމަލާތަކުގައި އެތައްބަޔަކު ވަނީ މަރާލެވިފައެވެ. އެހެންމަވެސް މިހާތަނަށް އައިއިރު، ނައިޖީރިއާގެ ރަސްމީ އިދާރާތަކުން ބުނަމުން އައިސްފައިވަނީ، މިހަމަލާތަކަކީ، އެސަރަހައްދުތަކުގައި ހަރަކާތްތެރި ވަމުން އަންނަ ގޭންގް ތަކުން ދީފައިވާ ހަމަލާތަކެއް ކަމުގައެވެ. އެހެންނަމަވެސް، މިހާތަނަށް އައިއިރު، މި ގުރޫޕްތަކާ ބޮކޯ ހަރާމާ އެއްވެސް ގުޅުމެއް އޮންނަ ކަމެއް އެގިފައެއް ނުވެއެވެ.

ބޮކޯ ހަރާމް ޖަމާއަތުން ދަނީ، 2009 ވަނަ އަހަރުން ފެށިގެން ނައިޖީރިއާގެ އިރު އުތުރު ސަރަހައްދުގައި އެގައުމުގެ ސަރުކާރާ ދެކޮޅަށް ހަގުރާމަވެރި ހަރަކާތްތައް ހިންގަމުންނެވެ. މިހަމަނުޖެހުންތަކުގައި މިހާތަނަށް އައިއިރު، އެތައް ހާސް ބަޔަކު މަރުވެފައިވާއިރު، ގެދޮރު ދޫކޮށް އެތައް މިލިއަން ބަޔަކުވަނީ އެހެން ސަރަހައްދުތަކަށް ހިޖުރަ ކޮށްފައެވެ.

އާންމު ރައްޔުތުން ވަނީ، ނައިޖީރިއާގެ ރައީސް، މުހައްމަދު ބުޚާރީގެ އުފަން އަވަށްކަމަށްވާ، ކަޓްސިނާގައި ހަރަކާތްތެރިވާ ހަގުރާމަވެރިންނާ ދެކޮޅަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާކަމަށް ބުނެ، އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

އަދި ވަކީން ޚާއްސަކޮށް، އަންގާރަދުވަހު، ނައިޖީރިއާގެ ރައީސް އޭނާގެ ދަޑު ބިމަށް ޒިޔާރަތްކުރި ވީޑިއޯއެއް އޮންލައިން ކޮށްފައިވާތީ، ކަޓްސިނާގައި ދިން މިހަމަލާގެ ޝިކާރައަކަށް ވީ މީހުންނާމެދު އޭނާގެ އެއްވެސް ހަމްދަރުދީއެއް ނެތްކަމަށް ބުނެވެސް އެތައްބަޔަކު ވަނީ އޭނާއަށް ފާޑު ކިޔާފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.