ޝާހިދާއި ކްރިތީގެ ފިލްމުގެ ޓްރެއިލާއެއް

ޝާހިދާއި ކްރިތީގެ ފިލްމުގެ ޓްރެއިލާއެއް

Author
ފާތިމަތު ނާވީ
19 ޖެނުއަރީ 2024 11:24
0

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރު އާއި ކްރިތީ ސެނޮން އެކުގައި ކުޅުން އަލަތު ފިލްމް "ތޭރީ ބާތޯ މޭ އޭސާ އުލްޖާ ޖިއާ" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ހަދާފައިވާ މި ލޯބީގެ ފިލްމަކީ ވަރަށް ތަފާތު ލޯބީގެ ފިލްމްއެއް ކަމަށް އަންނަނީ ބުނަމުނެވެ. މި ފިލްމަކީ މި ދެ ތަރިން އެކީގައި ކުޅުނު ފުރަތަމަ ފިލްމެވެ.

 

View this post on Instagram

 

A post shared by Maddock Films (@maddockfilms)

 

އަންނަ މަހުގެ 9 ގައި ސިނަމާތަކަށް ދޫކޮށްލަން ތާވަލުކޮށްފައިވާ "ތޭރީ ބާތޯ މޭ އޭސާ އުލްޖާ ޖިއާ" އަމިތު ޖޯޝީ އާއި އަރާދަނާ ސާހް ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓްގައި ދަރުމެންދުރާ އާއި އޭނަގެ ދަރިފުޅު ސަނީ ޑިއޯލްއާ ލޯބީގެ ގުޅުމެއް ބޭއްވި ބަތަލާ ޑިމްޕަލް ކަޕާޑިއާ ވެސް ހިމެނެ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.