ކަންކަމާއި ކުރިމަތިލާން ކެރޭނެ، ދަރަންޏެއް ނޯންނާނެ، ފައިސާ ނެގީ ފްލެޓް މޯގޭޖް ކޮށްފަ: އާޒިމާ

ކަންކަމާއި ކުރިމަތިލާން ކެރޭނެ، ދަރަންޏެއް ނޯންނާނެ، ފައިސާ ނެގީ ފްލެޓް މޯގޭޖް ކޮށްފަ: އާޒިމާ

Author
ހުސެއިން
05 ޖެނުއަރީ 2024 11:05
0

ކަންކަމާއި ކުރިމަތިލާން ކެރޭނެ ކަމަށާއި، ދައްކަން ޖެހޭ އެއްވެސް ދަރަންޏެއް ނޯންނާނެ ކަމަށާއި، ފައިސާ ނެގީ ފްލެޓް މޯގޭޖް ކޮށްފަކަމަށް ޕީއެންސީގެ ޓިކެޓްގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކުރު ވިދާޅުވެއްޖެއެވެ.

ވެރިިކަން ކުރާ ކޮންގްރެސް ޕާޓީގެ ފަރާތުން މޭޔަރުކަމުގެ އިންތިހާބުގައި ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު ހުޅުމާލޭގެ ޕްލެޓިނަމް ރެސިޑެންސުން 2016 ވަނަ އަހަރުގެ ތެރޭގައި ބައްލަވައިގެންފައިވާ ފްލެޓް ގަތުމަށް އެތަން ހެދި ކުންފުނިން އޭނާއަށް ލޯނެއްގެ ގޮތުގައި ދީފައިވާ 1.96 މިލިއަން ރުފިޔާ ނުދައްކައިގެން ދައުވާ އުފުލައިވާކަމަށް ބުނެ އޮންލައިން ނޫހަކުން އިއްޔެ ޝާޢިއުކުރި ޚަބަރަކާއި ގުޅޭގޮތުން އާޒިމާ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ނޫހުން އެ ޚަބަރު ލިޔެފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށާއި، ޚަބަރު ލިޔެފައިވަނީ އެއްފަރާތަށް ބުރަވެ ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ ކޯވިޑް ހާލަތާއި ގުޅިގެން އޭނާ ކުރަމުންދިޔަ މަސައްކަތުން ލިބެމުންދިޔަ އާމްދަނީވެސް ހުއްޓުނުމަކަށް އައިކަމަަށާއި، ގާނޫނީ ވަކީލުކަމުން ލިބެމުންދިޔަ އާމްދަނީވެސް ހުއްޓުމަކަށް އައިކަމަށެވެ.

އޭގެ އިތުރުން މަނީ ލޯންޑްރިންގެ ދައުވާ ކޮށްގެން، އަދާކުރަމުންދިޔަ ބޭރުގެ ވަޒީފާވެސް ގެއްލުނުމުގެ އިތުރުން، ލިބިފައިވާ ހުރިހާ އެވާޑްތަކެއްވެސް ގެއްލިގެން ދިޔަކަމަށް ވިދާޅުވަމުން އާޒިމާ ވިދާޅުވީ އެހުރިހާ މައުލޫމާތެއް ބޭންކަށް ދިނިން ކަމަށެވެ.

އޭގެ އިތުރަށް އާޒިމާ ވިދާޅުވީ، ކުރިމަތިވި މާލީ ދަތިކަމުގެ ސަބަބުން، އިކޮނޮމިކް މިނިސްޓްރީން އެސްއެމްއީ ލޯނަށް އެދި ލޯނު ހަމަޖެހުނު ކަމަށާއި، އެހެންނަމަވެސް "އޭނާ ވީމަ" އިކޮނޮމިކް މިނިސްޓްރީން އެ ލޯނެއްވެސް ކުރީ ސަރުކާރުން ނުދިން ކަމަށެވެ.

ބޭންކަށް ލޯނު ފައިސާ ނުދައްކައިގެން ކޯޓުން ކުރި ހުކުމާއި ގުޅޭގޮތުން އާޒިމާ ވިދާޅުވީ ޕޭމަންޓް ޝެޑިއުލްއެއް ހަދަން ބޭންކާއި ވާހަކަ ދެއްކި ކަމަށާއި، ކޯޓުން ހުކުމް ކޮށްފަ އޮތީ ޕޭމަންޓް ޝެޑިއުލްއެއް ބޭންކަށް ހުށަހަޅާފަ އޮއްވާ ކަމަށެވެ.

އެގޮތުން އިސްލާމިކް ބޭންކުން އަމަލު ކޮށްފައިވަނީ ސިޔާސީ ގޮތުން ކަމަށް ވިދާޅުވަމުން އާޒިމާ ވިދާޅުވީ، ބޭންކާއި ވާހަކަ ދައްކަކަ ދައްކާ ހުއްޓާ ކޯޓުން ހުކުމް އެގޮތަށް ނުކުރެވޭނެ ކަމަށާއި، އެހެންނަމަވެސް މިމައްސަލާގައި ބޭންކުގެ އިޚްލާސްތެރިކަމެއް ނެތުމުން، މައްސަލަ އިސްތިއުނާފް ކުރުމަށް ނިންމާފައިވާ ކަމުގައެވެ.

އާޒިމާ ވިދާޅުވީ ފްލެޓަކީ މޯގޭޖް ކޮށްފަ އޮތް ތަނެއް ކަމަށާއި، އެހެންކަމުން ފައިސާ ނުދެއްކިއްޖެނަމަ އެފްލެޓް ބޭންކަށް ނެގޭނެ ކަމަށެވެ.

ފައިސާ ދައްކާ ނިންމާފަ އޮތް ކަމަށް ދައުވާ ކުރި ކުންފުނިން ބޭންކަށް އަންގާފަ އެބައޮތް ކަމަށް. އާޒިމާވަނީ އާޒިމާގެ ޚަބަރު ލިޔުނު ނޫހަށްވެސް ފާޑު ކިޔާފައެވެ.

އާޒިމާ ވިދާޅުވެފައިވަނީ އޭނާއަކީ ދައުލަތުގެ ބާރުގަދަ މަގާމްތައް އަދާކޮށްފައިވާ މީހެއްކަމަށްވި ނަމަވެސް އޭނާ ދުވަހަކުވެސް ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރި ވެފައި ނުވާނެކަމަށާއި އޭނާގެ ޓްރެކް ރެކޯޑަށް ބަލާލުމުން އެކަން ވަރަށް ރަގަޅަށް ސާފުވާން އޮންނާނެ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.