ވިއްސާރައަށް ބެލުމެއް ނެތި ފޯރިއާއެކު އާޒިމާ ކެމްޕެއިންގައި

ވިއްސާރައަށް ބެލުމެއް ނެތި ފޯރިއާއެކު އާޒިމާ ކެމްޕެއިންގައި

Author
އަހުމަދު
01 ޖެނުއަރީ 2024 05:06
0

ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރުގެ ކެމްޕޭން ވިއްސާރަ އަށް ބެލުމެއް ނެތި މިއަދު ވެސް މާލޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންގޮސްފިއެވެ.

އާޒިމާގެ ކެމްޕެއިންގެ ހަރަކާތްތައް މިއަދު ކުރިއަށް ގެންގޮސްފައި ވަނީ މައްޗަންގޮޅި ދެކުނުގައެވެ. މައްޗަންގޮޅި ދެކުނުގައި ކުރިއަށް ގެންދިޔަ ޑޯޓުޑޯ ހަރަކާތުގައި ބައެއް ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހިމެނިވަޑައިގަންނަވައެވެ.

އާޒިމާ ވަނީ އެ ދާއިރާގައި ދިރިއުޅޭ ރައްޔިތުންގެ ހާލު ބައްލަވައި، ހުރި ދަތިތައް އޮޅުން ފިލުއްވައިފައެވެ.

މޭޔަރުގެ ގޮނޑިއަށް ބޭފުޅަކު އިންތިހާބު ކުރުމަށާއި ހުސްވެފައިވާ ތިން ދާއިރާ އަށް ބޭފުޅުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން އޮންނާނީ މި މަހުގެ 13 ގައެވެ.

މާލޭގެ މޭޔަރުގެ މަގާމް ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސްކަމާ ހަވާލުވެވަޑައިގަތުމުންނެވެ. އަދި ތިން ކައުންސިލަރަކު އިސްތިއުފާ ދެއްވާފައި ވަނީ ސަރުކާރުގެ އެކިއެކި މަގާމުތަކަށް ވަޑައިގަތުމަށެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވަނީ ޕީޕީއެމް ޕީއެންސީގެ ފަރާތުން އާޒިމާ ޝަކޫރުގެ އިތުރުން އެމްޑީޕީގެ ޓިކެޓުގައި އާދަމް އާޒިމްއާއި، ޑިމޮކްރެޓްސްގެ ފަރާތުން، ސިޓީ ކައުންސިލްގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ޕާޓީ، ޕީއެންއެފްގެ ފަރާތުން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުގެ އިތުރުން މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ ފުރަހަނި ޝުއައިބުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.