ފްރާންސްގައި ހިގަމުންދާ މުޒާހިރާތަކުގައި އެތައްސަތޭކަ ބަޔަކު ވަނީ ހައްޔަރު ކޮށްފައި

މުޒާހަރާތަކުގައި ފްރާސްގައި އެތައް ސަތޭކަ ބަޔަކު ހައްޔަރު ކޮށްފި

މުޒާހަރާތަކުގައި ފްރާސްގައި އެތައް ސަތޭކަ ބަޔަކު ހައްޔަރު ކޮށްފި

ގުޅުންހުރި

ފްރާންސްގެ ގާނޫނު ހަދާ މަޖިލިހުން ފާސްކުރުމަށް މިހާރު މަސައްކަތް ކުރަމުންދާ "ސެކިއުރިޓީ ބިލް"އާއި ދެކޮޅަށް ފްރާންސްގެ ވެރިރަށް ޕެރިހުގައި މުޒާހަރާ ކުރަމުންދިޔަ ގިނަ އަދަދެއްގެ ބަޔަކު ފްރާންސްގެ ސަލާމަތީ ބާރުތަކުން ހައްޔަރު ކޮށްފިއެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން މައުލޫމާތު ދީފައި ވާގޮތުގައި، މި މުޒާހަރާތަކުގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކުރި 150 މީހުން މިހާރުވަނީ ހައްޔަރު ކޮށްފައެވެ. ޚަބަރު ލިބިފައިވާ ގޮތުގައި، މުޒާހަރާ ހޫނުވާން މެދުވެރިވި ސަބަބަކީ، މުޒާހަރާގެ ތެރޭގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކުރާ މީހުން ތިބިކަމަށްބުނެ، ބާރުގެ ބޭނުން ކޮށްގެން ބައެއް މީހުން ހައްޔަރު ކުރުމަށް، ފުލުހުން މުޒާހަރާ ކުރާމީހުންގެ ތެރެއަށް ވަދެގަތުމުގެ ސަބަބުންނެވެ.

ފްރާންސްގެ ފުލުހުންގެ ފަރާތުން މައުލޫމާތު ދީފައިވަނީ، ފުލުހުން މުޒާހަރާގެ ތެރެއަށް ވަދެގަންނަން ޖެހުނީ، މުޒާހަރާ ވަރުގަދަވެ، ކުރީގެ މުޒާހަރާގައި ކަން ހިގާފައިވާ ފަދައިން، މީހުންގެ މުދަލަށާއި، ވިޔަފާރި ތަކަށާއި އަދި މަގުމަތީގައި ދުއްވާ އުޅަދުތަކުގެ އިތުރުން، ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކަށްވެސް އަމާޒުކޮށް މުޒާހަރާގެ ބައިވެރިން ހަމަލާ ދީފާނެކަމަށް ބެލެވިގެންނެވެ.

ފްރާންސްގެ އިންޓީރިއަރ މިނިސްޓަރު ވިދާޅުވެފައިވަނީ، މުޒާހަރާއިން 142 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ބޯކޮށް ވާރޭވެހިފައިވަނިކޮށް، މަގުތަކުގައި ބޭއްވި މި މުޒާހިރާތައް ކުރިޔައް ދިޔައިރު، ރަޔަޓު ގިޔަރުގަ ފުލުހުންނާ އަދި ފުލުހުންހެ އުޅަދުތައް ދިގު ސަފުތަކަށް އެތުރިގެން މުޒާހަރާގެ ބައިވެރިންނާ އެއްވަރަކަށް މާޗް ކޮށްފައި ވެއެވެ.

ފުލުހުން އެންމެ ފަހުންވަނީ، މުޒާހަރާ ކުރާ ފަރާތްތަކުގެ ތެރެއަށް ޕްރެޝަރ ފެންޖަހާ ރޭގަޑަށް އަދިރި ވުމުގެ ކުރިން މުޒާހަރާ ރޫޅާލާފައެވެ.

ފްރާންސްގައި ކޮންމެ ހަފްތާ ބަންދެއްގައި އެތައްހާސް ބަޔަކު މުޒާހަރާ ކުރަމުންދަނީ، "ދީނީގޮތުން ހައްދު ފަހަނަ އަޅާދިއުން" ހުއްޓުވުމުގެ ނަމުގައި، މިހާރު އެގައުމުގެ ގާނޫނު ހަދާ މިޖިލިހަށް ހުށެހެޅިފައިވާ ސެކިއުރިޓީ ބިލާ ދެކޮޅަށެވެ.

މިބިލްގައިވާ ގޮތުން، ފްރާންސްގެ މަގުމަތީގައި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ތިބޭ ފުލުހުން ވީޑިއޯ ކުރުމަކީވެސް މަނާކަމެކެވެ. އަދި މީގެ އިތުރުން، ފުލުހުންނަށް ގެއްލުން ދިނުން، ނުވަތަ ނުރައްކަލެއް ކުރިމަތި ކުރުވުމުގެ މަގުސަދުގައި، އެއްވެސް ފޮޓޯއެއް އާންމު ކުރުމަކީވެސް މަނާކަމެކެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، ފްރާންސްގެ ދަށުގެއިން މިހާރު ފާސްކޮށްފައިވާ، މިބިލުގެ ސަބަބުން، ފްރާންސުގައި މިހާރު އޮތް މީޑިއާގެ މިނިވަންކަން ގެއްލި، ފުލުހުންގެ އަނިވާރިކަން އިންތިހާއަށް އިތުރުވެގެން ދާނެއެވެ.

މުޒާހަރާ ކުރި ފަރާތްތަކުން ހިފަހައްޓާއިގެން ތިބި، ބޯޑުތަކުގައި ހުރި މެސެޖްތަކުގައި، "އަހަރެން ކެމެރާ ކުރުން ހުއްޓައެއް ނުލާނަން،" އަދި "ކެމެރާއަކީ އަނިޔާ ކުރާ އެއްޗެއްތަ؟" މިފަދަ މެސެޖުތައް ލިޔެގެން މުޒާހަރާގެ ބައިވެރިން ޝުއޫރު ފާޅު ކޮށްފައި ވެއެވެ.

މި މުޒާހަރާތައް ފްރާންސްގެ އެހެން ސިޓީތަކުގައިވެސް، ކުރިޔަށް ގޮސްފައިވެއެވެ. މިގޮތުން، އިރު ދެކުނުން އޮންނަ އަވަށެއްކަމުގައިވާ، ލިޔޮންގައި ކުރި މުޒާހަރާގައި، ފުލުހުންނާ ދެމެދު ހިގި ހަމަނުޖެހުންތަކުގައި 5 މީހަކު ހައްޔަރުކޮށްފައި ވެއެވެ.

ސެކިއުރިޓީ ބިލާ ދެކޮޅަށް ފްރާންސްގައި ކުރެވެމުންދާ މުޒާހަރާތައް ވަރުގަދަ ވަމުންދާއިރު، ފްރާންސްގެ ރައީސް އެމަނޫލް މެކްރޮމްގެ، ވެރިކަން ކުރާ، އެލްއާރުއީއެމް ޕާޓީން ބުނެފައިވަނީ، ޚިޔާލު ތަފާތުވުން އުފެދިފައިވާ، މި ބިލްގެ 24ވަނަ މާއްދާ މިހާރު އެޕާޓީން ގެންދަނީ އަލުން މުރާޖަޢާ ކުރަމުންނެވެ.

އެހެންނަމަވެސް، ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކާ، އަދި ވާތުފިޔައަށް ނިސްބަތްވާ ފަރާތްތަކުން ޑިމާންޑު ކުރަމުންދާފައިން، ސެކިއުރިޓީގެ ބިލުން މިމާއްދާ އުވާލުމަށް އަދިވެސް ފްރާންސްގެ ސަރުކާރުން އެއްބަސް ވެފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ