އަލީ ވަހީދު އެމްޑީޕީއަށް ސޮއި ކޮށްފި

އަލީ ވަހީދު އެމްޑީޕީއަށް ސޮއި ކޮށްފި

Author
ހުސެއިން
07 ޑިސެމްބަރ 2023 10:39
0

އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އެމްޑީޕީއަށް ސޮއި ކޮށްފިއެވެ.

އަލީ ވަހީދު ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، 7 އަހަރާ 7 ދުވަހަށްފަހު އޭނާ އެނބުރި އެމްޑީޕީއާ ގުޅިއްޖެ ކަމަށާއި، އެނބުރި އައީ އޭނާގެ އަމިލަ "ގެއަށް" ކަމަށެވެ.

އަލީވަހީދު ވަނީ ރައީސް ސާލިހުގެ ފުރަތަމަ ކެބިނެޓްގެ ޓުއަރިޒަމް މިނިސްޓަރުކަން ކުރައްވާފައެވެ. އެހެންނަމަވެސް ރައީސް ސާލިހު އޭނާ ވަޒީރުކަމުން ވަކި ކުރެއްވީ ޖިންސީ ގޯނާގެ ތުހުމަތުގައެވެ. އެއަށްފަހު ކޯޓުން އޭނާ ހައްޔަރު ކުރުމުގެ އަމުރުވެސް ނެރެފައިވަނިކޮށް އޭނާ ފުރައިގެން ދިޔައީ އިނގިރޭސިވިލާތަށެވެ.

އިނގިރސިވިލާތުގައި އުޅުއްވުމަށްފަހު އޭނާ އެނބުރި ރާއްޖެ ވަޑައިގެންނެވީ ފާއިތުވި ރިޔާސީ އިންތިޚާބުގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ. ރިޔާސީ އިންތިޚާބުގައި އޭނާ މަސައްކަތް ކޮށްފައިވަނީ ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބުރާހިމްއާއެކީއެވެ.

އެހެންނަމަވެސް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ގާސިމް އިބުރާހިމަށް މާބޮޑު ކާމިޔާބެއް ނުލިބުމުން ފަހުބުރުގައި އޭނާ އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސާބަސް