ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރެއްވުމުން އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިވިލް ސާވިސްގެ ވަޒީފާއަށް ނިކުންނެވުމަށް ޚާއްސަ އުސޫލެއް ހަމަޖައްސަވަމުންދާތީ އެކަމާއި ގުޅޭގޮތުން ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާކަމަށްބުނެ، ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުން ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއަށް ހާޒިރު ކުރުމަށް ނިންމައިފިއެވެ.
މިއަދު ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު ވިދާޅުވީ ވަޒީފާ އަދާކުރުމަށް ސިވިލްސާވިން ކޮމިޝަނުން ފަސްޓް ލޭޑީއަށް ހާއްސަ އުސޫލެއް ހަމަޖައްސާދޭ މައްސަލައިގެ ކަންބޮޑުވުން ގިނަބަޔަކު ފާޅުކުރަމުންދާ ކަމުގައެވެ. އަދި އެކަމުގެ ޝަކުވާތައް ލިބެމުން އަންނާތީ އޭނާ ހުށަހެޅުއްވީ އެ މައްސަލަ ކޮމިޓީން ބެލުމަށެވެ.
އެއާއެކު ކޮމިޓީން ނިންމާފައިވަނީ ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުން ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމަށެވެ.
މިއަދުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޔައުގޫބު ވިދާޅުވީ މިއީ މީގެކުރިން ސީއެސްސީން އަމަލުކޮށްފައިވާ ގޮތެއް ނޫންކަމަށާއި، އާމަގާމެއް އުފައްދާ އެވަޒީފާ އަދާކުރުމަށް ސީއެސްސީ މުޅިން އާގޮތަކަށް އަމަލުކުރަމުންދާތީ އެކަމުގެ ނުރުހުން ވަރަށް ގިނަ ސިވިލް ސާވަންޓުންގެ މެދުގައި އޮތް ކަމުގައެވެ.
ސާޖިދާ ސީއެސްސީގެ ވަޒީފާގައި ހުންނަން ބޭނުންވާތީ, ފަސްޓް ލޭޑީއަށް ފިޓުވާގޮތަށް މިއިން ދުވަހަކުވެސް މީގެ ކުރީގައި ސީއެސްސީން އަމަލު ނުކުރާ ގޮތަށް މަގާމެއް އުފައްދާ, އެ މަގާމުގައި ވަޒީފާ އަދާކުރެވޭނެ ގޮތަށް މާހައުލު ގާއިމުކޮށް, އެ މަސައްކަތް ސީއެސްސީން ކުރަމުންދާތީ އެކަމުގެ ނުރުހުން ވަރަށް ގިނަ ސިވިލް ސާވެންޓުންގެ މެދުގައި އޮތަތީ(މައްސަލަ މި ހުށަހަޅަނީ).
މެޑަމް ސާޖިދާއަށް ވަކި އުސޫލެއް ގާއިމް ކުރާ މައްސަލަ ކޮމިޓީއަށް ހުށަހަޅުއްވަމުން ޔައުގޫބު ވިދާޅުވިއެވެ.
ޔައުގޫބުގެ އެ ހުށަހެޅުމަށް ތާއިދު ކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އަހުމަދުއެވެ. އޭނާ ވިދާޅުވީ ފަސްޓް ލޭޑީއަށް ހާއްސަ ގޮތެއް ހަމަޖައްސައިދެނީ ސީއެސްސީން ގާނޫނީ އިމުގެ ތެރެއިން ގާނޫނާ އެއްގޮތަށް ކިހިނެތް ހިނގާ ކަމެއްތޯ ކޮމިޓީން ލިޔުމުން ވިޔަސް ސާފު ކުރަން ޖެހޭ ކަމަށެވެ.
އެހެންނަމަވެސް ޔައުގޫބު ހުށަހެޅުއްވީ ކޮމިޝަންގެ މެމްބަރުން ކޮމިޓީއަށް ހާޒިރު ކުރުމަށެވެ. އެ ހުށަހަޅުން ފާސްކޮށްފައިވަނީ ކޮމިޓީގެ މެމްބަރުންގެ ވޯޓުންނެވެ. ކޮމިޓީގެ މުގައްރިރު ރޮޒެއިނާ އާދަމް ވިދާޅުވީ ސީއެސްސީގެ މެމްބަރުންނަށް ވަޑައިގެންނެވެން އޮތް އެންމެ އަވަސް ތާރީޚަކަށް ކޮމިޓީ ބައްދަލުވުން ތާވަލް ކުރާނޭކަމުގައެވެ.
ސިވިލް ސާވިސް ކޮމިޝަނުން ކުރިން ބުނެފައިވަނީ، ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރެއްވުމުން އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިވިލް ސާވިސްގެ ވަޒީފާގައި ހުންނެވުމަށް ގާނޫނީ ހުރަހެއް ނެތް ކަމުގައެވެ.
އަދި ސާޖިދާވަނީ ފަސްޓް ލޭޑީގެ ޒިންމާތައް އަދާ ކުރައްވަމުން, ފުލް-ޓައިމް ވަޒީފާއެއް އަދާ ނުކުރެއްވޭނެތީ, އެމްއެފްޑީއޭގައި ހިދުމަތް ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް އެދިވަޑައިގެންފަ އެވެ.
އެއާއެކު ސީއެސްސީއިން މިހާރު ދަނީ، މެޑަމް ސާޖިދާއަކީ, އެމްއެފްޑީއޭގެ ސީނިއާ ސައިންޓިފިކް އޮފިސަރުންގެ ތެރެއިން އެންމެ ތަޖުރިބާކާރު އެއް ބޭފުޅާ ކަމަށްވާތީ ސާޖިދާ އެމްއެފްޑީއޭގައި ހިދުމަތް ކުރުމުގެ އިންތިޒާމު ހަމަޖައްސަން އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.
ފަސްޓް ލޭޑީ އަކީ ގާނޫނީ ވަކި ހައިސިއްޔަތެއް އޮންނަ މަގާމެއް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސްގެ މުސާރަ އާއި އިނާޔަތް ކަނޑައެޅުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިމީހާ ނުވަތަ ފިރިމީހާ އަށް ދައުލަތުން އެލަވަންސެއް ދޭން ޖެހެއެވެ. އެ އެލަވަންސްގެ މިންވަރަކީ ރައީސުލްޖުމްހޫރިއްޔާގެ މުސާރައިގެ ތިންބައިކުޅަ އެއްބައެވެ.
3 Responses
ޕީއެސް މަގާމުގައި ހުންނަ މީހަކަށް އެމީހާގެ އަނބި ނުވަތަ ފިރި ދަރި މަންމަ ބައްޕަ ތައްތަ ބޭބެ ކޮށްކީއަކަށް އެއިދާރާއަކުން ވަޒީފާ ދިނުމަކީ ކުށެއް. ވީމާ ގައުމުގެ ވެރިޔާގެ އަނބިމީހާއަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ވަޒީފާދިނުންވެސް ވާންޖެހޭނީ ކުށަކަށް
ޔަގޫ ތާއްކޫ ވަގެއް މާ މޮޅުމީހަކައްހެދިގެން އުޅޭ ރޯނުއެދުރެއް މަ މީ އޮޑިޓަރައްކޫ މަ ކިއެވީ ގަގޮހިފަންނަ ހެހެހެހެހެ ފަހުވަގުތު ވަގަކައް ވީ އޮޑިޓަރު ހެހެހެެހެ ޔަގޫ
ގާނޫނު އަސާސީގެ ކޮންމާއްދާއެއްގަ އޮތީ ރައީސުލް ޖުމުހުރިއްޔާގެ އަނބިކަނބަލުންނަށް ސިވިލްސާވިސްގެ ވަޒީފާއެއް އަދާނުކުރެވޭނެކަމަށް.
އަދަ ހާއްސަކޮށް އެވަޒީފާއަކީ ރައީސުލްޖުމްހުރިއްޔާގެ މަގާމާ ހަވާލުވުމުގެ ކުރިންވެސް އެކަމަނާ އުޅުއްވާ ވަޒީފާއަކަށް ވާހިނދު.