ހދ. ކުޅުދުއްފުށިން ގެއްލިގެން ހޯދަމުން ދިޔަ މީހާ ދެ ހަފްތާ ފަހުން އާއިލާއަށް ގުޅައިފިއެވެ.
ގެއްލިގެން ހޯދަމުން ދިޔައީ ކުޅުދުއްފުށި، ލަންދޫގެ، އިބްރާހިމް (39އ) އެވެ. އިބްރާހިމް ހަބަރެއް ނުވެގެން އޭނާގެ އާއިލާ އިން ފުލުހުންނަށް ރިޕޯޓްކުރީ މިމަހުގެ ތިންވަނަ ދުވަހު އެވެ. ފުލުހުން އޭނާ ހޯދަން އިއުލާންކުރީ މިމަހުގެ ހަތަރުވަނަ ދުވަހު އެވެ.
ފުލުހުން މިއަދު ބުނީ މިމަހުގެ 16 ވަނަ ދުވަހު އާއިލާއަށް ގުޅައި އޭނާ ހުރީ މާލޭގައި ކަމާއި ހާލު ރަނގަޅު ކަމަށް އިބްރާހިމް ބުނެފައިވާ ކަމަށް އާއިލާ އިން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އިބްރާހިމް ގެއްލިގެން އާއިލާ އިން ރިޕޯޓްކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
One Response
Ibrahim eh noon
Kiyaa kudhin ves dhw