ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ ބޭންކް އެކައުންޓުތައް ފްރީޒްކުރުމަށް އަމުރުއް ނެރެދެވެން ނެތްކަމަށް ސުޕްރީން ކޯޓުން ކުރި ހުކުމުން އެނގިގެން ދަނީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާ ތަކަކީ ސިޔާސީ ދަޢުވާ ތަކެއްކަންކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނިކޮށް އެ އަމުރު ބާޠިލުކޮށް އެކައުންޓުތައް ދޫކޮށްލަން ހައި ކޯޓުން ކުރި ހުކުމާއި ގުޅިގެން ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލާގެ ހުކުމް އިއްވުމަށް މިއަދު ބޭއްވި ޝަރީއަތުގައި މިމައްސަލައިގެ އިސްފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވީ ބޭންކުތަކުގެ ޤާނޫނާއި، ޖިނާއީ އިޖުރާތުގެ ޤާނޫގެ ދަށުން ރައީސް ޔާމީންގެ 8 އެކައުންޓް ފްރީޒް ކޮށްދެވެން ނެތްކަމަށެވެ.
ރައީސް ޔާމީންގެ 8 އެކައުންތެއް ފްރީޒްކުރުމުގެ ޢަމުރެއް ކްރިމިނަލް ކޯޓުން ނެރެފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތައި ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާ ރައީސް ޔާމީންގެ އެކައުންތަށް ވަދެފައިވާކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ އެ ޢަމުރު ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހައިކޯޓުން ވަނީ އަމުރު ބާތިލުކޮށްފައެވެ. އެހެންކަމުން ދައުލަތުން ވަނީ އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ. އެމައްސަލަގާއި ސުޕްރީމްކޯޓުން ވަނީ ހައިކޯޓުގެ ހުކުމް ދަމަހައްޓާފައެވެ.
މިކަމާއި ގުޅިގެން އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އަދި ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެއްކަމަށްވާ ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ، ރައީސް ޔާމީންގެ އެކައުންޓް ފްރީޒް ކުރުމުގެ މަސްއަލައިގެ އިސްތިޢުނާފުގައި ސްޕްރީމްކޯޓުން މިއަދު ނިންމެވި ނިންމެވުމުން އެނގިގެން ދަނީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާ ތަކަކީ ސިޔާސީ ދަޢުވާ ތަކެއްކަންކަމަށެވެ. އޭނާ ވަނީ ރައީސް ޔާމީން ވަގުތުން ދޫކޮށްލުމަށް ގޮވާލައްވާފައެވެ.
ރައީސް ޔާމީންގެ އެކައުންޓް ފްރީޒް ކުރުމުގެ މަސްއަލައިގެ އިސްތިޢުނާފުގައި ސްޕްރީމްކޯޓުން މިއަދު ނިންމެވި ނިންމެވުމުން އެނގިގެން ދަނީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާ ތަކަކީ ސިޔާސީ ދަޢުވާ ތަކެއްކަން.ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަން ކުރުމަށް ގޮވާލަން.
— Abdul Raheem Abdulla (@Banafsaa) October 8, 2020
ޕީއެންސިގެ ނާއިބު ރައީސް އަދި ރައީސް ޔާމީންގެ ދައުރުގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު ވެސް ވަނީ އަނިޔާވެރިކަން އިސްނުކޮށް ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައްވާފައެވެ. އަދި ޕީޕީއެމްގެ ނާއިބު ރައީސް، ރައީސް ޔާމީން ދައުރުގެ ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒުވެސް ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ސިޔާސީ ދަޢުވާއެއްކަމަށް ތުހުމަތުކޮށްފައެވެ.
Aniyaaverikan isnukoh, Raees Yameen mihaarun mihaarah minivan kurumah govaalan @ibusolih @MohamedNasheed
— Mohamed Saeed (@em_saeed) October 8, 2020
Raees Yameen ge account freeze kurumuge massalaigai @SCMaldives in miadhu kuri hukumun engigen dhanee Raees Yameen ge machchah dhaulathun ufulaafaivany siyaasy dhauvaa thakehkan. #FreePresidentYameenNow pic.twitter.com/Uehd2obleS
— Progressive Party of Maldives (@ProgressPartyMV) October 8, 2020
ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރުމަށް އަމުރުއް ނެރެދެވެން ނެތްކަމަށް ސުޕްރީން ކޯޓުން ހުކުމްކޮށްފައިވާއިރު، އެމަނިކުފާނުގެ މައްޗަށް އުފުލި މަނީލޯންޑަރިންގެ ދައުވާ ސާބިތު އެމަނިކުފާނު ގެންދަވަނީ5 އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒްކުރަމުންނެވެ.
ކޮމެންޓު ފޮނުވާ