އަމީން. އޭނާ ވަނީ 27 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައި.

ޓެރަރިޒަމްގެ ކުށުގައި އަމީންގެ މައްޗަށް 27 އަހަރުގެ ޖަލު ހުކުމެއް

ޓެރަރިޒަމްގެ ކުށުގައި އަމީންގެ މައްޗަށް 27 އަހަރުގެ ޖަލު ހުކުމެއް

ނިރުބަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ރާއްޖޭގެ އަމީރުކަމުގެ މަގާމަށް އައްޔަންކޮށްފައިވާ ކަމަށް ބުނާ ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން ޓެރަރިޒަމްގެ ކުށެއްގައި 27 އަހަރަށް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

އަމީންގެ މައްޗަށް ދައުވާ ކުރީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ދައުވާއެވެ. އެ ދައުވާ އޭނާގެ މައްޗަށް ކުރީ އިސްލާމިކް ސްޓޭޓް ޖަމާއަތާ ގުޅިގެން އުޅުމާއި ހަނގުރާމައިގައި ބައިވެރިވުމަށް ސީރިއާއަށް ދިވެހިން ފޮނުވާ ކަމަށް ބުނެއެވެ.

އަމީންގެ ޝަރީއަތް ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެން ކަމަށްވާތީ މާބޮޑު ތަފްސީލެއް ނުލިބެއެވެ. އަމީން 27 އަހަރަށް ޖަލަށްލާން ހުކުމް ކުރިޔަސް، އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.

ސަލްޓަން ޕާކްގައި 2017 ވަނަ އަހަރު އައިޑީއެއް ގޮއްވާލި މައްސަލައިގައި ވެސް އަމީންގެ މައްޗަށް ތުހުމަތު ކުރިއެވެ. މައްސަލާގައި ރާއްޖެއިން ބޭރުގައި އޭނާ ހުއްޓާ އިންޓަޕޯލް ރެޑް ނޯޓިސްއެއްގެ ދަށުން އޭނާ ހައްޔަރުކޮށްގެން ރާއްޖެ ގެނައި ނަމަވެސް ފަހުން ވަނީ ދޫކޮށްލައިފައެވެ.

އޭގެ ފަހުން ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ ކުރި އަމީންގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން ނިންމާފައި ވަނިކޮށް އެ މައްސަލަ ބެލޭނެ ކަމަށް ނިންމައި، އެ މައްސަލަ ބަލަން ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވެއެވެ. އަމީންގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން ނިންމީ އޭނާއަށް ދައުވާ ކުރުމުގެ މުއްދަތުު ހަމަވެފައިވާ ކަމަށް ނިންމުމަށް ފަހުއެވެ. އެ މައްސަލައި ހައި ކޯޓުން ވަނީ އޭނާ އެ ފަހަރު މިނިވަން ވެސް ކޮށްފައެވެ.

އަމީނަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނާފައިވާ މީހެކެވެ.

 

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *