ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިހުގެ ރިޔާސަތުން ދުކުރުމުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާއި ގުޅިގެން އެމްޑީޕީން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަކީ ދެ ވެރިއެއްގެ މެދުގައި ޖެހިގެން އުޅޭ މައްސަލައެއް ކަމުގައި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
މިހާރު ސުޕްރިމް ކޯޓުގައި ކުރިޔަށްދާ ދުސްތޫރީ މައްސަލާގެ ޝަރީއަތުގެ މަރުހަލާގައި ވާހަކަ ދައްކަވަމުން މިމައްސަލާގައި ޕީޕީއެން ޕީއެންސީ ތަމްސީލުކުރަމުންދާ އާޒިމާ ވިދާޅުވީ މިމައްސަލާގެ ފަރުވާ ސުޕްރިމް ކޯޓުން ނުލިބިއްޖެނަމަ، އަލުން އަރާރުންވެފަ އަނެއްކާވެސް ސުޕްރިމް ކޯޓައައިސް އަނެއްކާވެސް ހައްލެއް ހޯދުމަށް ވަގުތު ނެތްކަމުގައެވެ. އޭނާ ވިދާޅުވީ އެ މައްސަލާގެ ފަރުވާ ސުޕްރިމްކޯޓަށް ހޯދިގެން ނުނީ ބަޖެޓްގެ މަަސައްކަތްވެސް ކުރިޔަށް ގެންދެވެން ނެތަކަމަށެވެ.
އަނެއްކާ މިހާރު އެފަރާތުން އެވިދާޅުވާ.. މީގަ އަނެއް.. ވާހަކަތަކުގެ ތެރެއިން އަރިމައްޗަކުން ވިދާޅުވާ ވާހަކައަށްވުރެވެސް ސީރިއަސް ވާހަކައެއް. ހަގީގަތް އަޅުގަޑުމެން ގަބޫލުރާކަމަށް ވަންޏާ މިއަދު މިތާ މިއޮތީ ސިޔާސީ މައްސަލައެއް. ސިޔާސީ ދެވެރިންގެ ދޭތެރޭ ޖެހިގެން އުޅޭ މައްސަލައެއްގެ ތެރެއިން މިމައްސަލަ ނިކުމެގެން މިއުޅެނީ. އެހެންވީމަ އަޅުގަޑުމެން ސްޓްރީކްޓް ޓު ދަ ލޯ އެކަނި ވާހަކަ (ގާނޫނީ ހައްލުގެ ވާހަކަ އެކަނި) ދައްކައިގެން މިމައްސަލައިގެ ހައްލެއް ހަމަ ނުލިބި އަނެއްކާވެސް ކުރިޔަށް ދާނީ.
އާޒިމާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް މެދުކެނޑި، މަޖިލިހުގެ ހުރިހާ މަސައްކަތެއްކަހަލަ ގޮތަކަށް ހުއްޓުމަކަށް އައިސްފައިވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއްގައި ރިޔާސަތު ބަލަހައްޓަވަންޖެހޭނީ މަޖިލީހުގެ ނައިބު ރައީސްކަމަށާއި، އަދި މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތެއްގައި ކަންކުރަންވީ ގޮތެއް މަޖިލީހުގެ ގަވައިދުގައި އެގެން ނެތީސް، ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ ނާއިބު ރައީސް އީވާ އާލާސްކަންފުޅާ އުޅުއްވާކަމަށްބުނެ، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދިއުމަށް އުޒުވެވަޑައިގަތުމާއި ގުޅިގެންނެވެ.
މިމައްސަލައާއި ގުޅޭގޮތުން، އެމްޑީޕީން ބުނަމުންދަނީ، ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުގައި މަޖިލިސް ރައީސްއާއި ނާއިބު ރައީސްއަށް ނުބެލެހެއްޓޭ ގޮތް ވެއްޖެނަމަ ދެން އަމަލުކުރާންޖެހޭ ގޮތް މަޖިހުގެ ގަވާއިދުގައި ބަޔާން ކޮށްފައިވާ ކަމަށާއި، ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް އަންނަ ގޮތަށް މަޖިލިހުގެ ގަވާއިދަ މާނަކޮށްގެން ނުވާނެ ކަމުގައެވެ.
ޑިމޮކްރެސްޓް ޕާޓީން ބުނަމުންދަނީ ރައްޔިތުންގެ މަޖިލިހުނެ ނާއިބު ރައީސް ހާޒިރުނުވެ، މަޖިލިސް ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާ ނުބޭއްވޭނެކަމަށް ރައްޔިތުންގެ މަޖިލިހުގެ އިދާރާއިން ނިންމާފައިވާ ނިންމުމަކީ މަޖިލިހުގެ ގަވާއިދާއެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމުގައެވެ.
ކޮމެންޓު ފޮނުވާ