އާސެނަލްއަށް ސައްތައިން ސައްތަ ރެކޯޑެއް

އާސެނަލްއަށް ސައްތައިން ސައްތަ ރެކޯޑެއް

Author
އިބްރާހީމް ސާޢިދު
11 ޑިސެމްބަރ 2020 11:13
0

ޔޫރޮޕާ ލީގުގައި އާސެނަލްއިން ގުރޫޕްގެ ހުރިހާ މެޗެއް ކާމިޔާބުކޮށް ސައްތައިން ސައްތަގެ ރެކޯޑަކާ އެކު މުބާރާތުގެ ދެވަނަބުރަށް ދަތުރުކޮށްފިއެވެ.

އާސެނަލް ރަށުން ބޭރުގައި ޑުންޑޯކްގެ މައްޗަށް ރޭ ކުރިހޯދީ 4-2 ލަނޑުންނެވެ. މެޗުގައި އާސެނަލް އަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އެޑްވާޑް ނަކޭޓާގެ އިތުރުން މުހަންމަދު އެލްނެނީ، ޖޯއީ ވިލްލޮކް އަދި ފޮލަރިން ބަލޯގަންއެވެ.

ނެކޭޓާ ޖެހި ލަނޑާއެކު އޭނާ ވަނީ މިމުބާރާތުގައި އާސެނަލްއަށް ފަސްލަނޑުޖަހާފައެވެ. އޭނާއަކީ މިސީޒަންގައި އާސެނަލް އަށް އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔާއަށެވެ. އާސެނަލް އެންމެފަހުން ޔޫރަޕުގައި ރަށުންބޭރުގައި ކުޅުނު 9 މެޗުން ވެސް ބަލިވެފައި ނުވެއެވެ. އެޓީމު ވަނީ 2005 ވަނައަހަރުފަހުން ޔޫރަޕުގެ މުބާރާތެއްގައި ވިދިވިދިގެން 6 މެޗުން މޮޅުވެފައެވެ. މުބާރާތުގެ ގުރޫޕްގައި ކުޅުނު ހުރިހާ މެޗެއް އާސެނަލްއިން ކާމިޔާބުކުރި އިރު އެޓީމުން ވަނީ މި ހަމެޗުގައި 20 ލަނޑު ކާމިޔާބުކޮށްފައެވެ.

މި ގުރޫޕުން އާސެނަލްއާ އެކު ދެވަނަ ބުރަށް ދިޔައީ މޯލްޑޭއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.