އެމެރިކާގެ ކުރީގެ ނައިބު ރައީސް 2024 ވަނަ އަހަރުގެ ރިޔާސީ ރޭހުން ވަކިވެއްޖެ

އެމެރިކާގެ ކުރީގެ ނައިބު ރައީސް 2024 ވަނަ އަހަރުގެ ރިޔާސީ ރޭހުން ވަކިވެއްޖެ

Author
ހުސެއިން
29 އޮކްޓޯބަރ 2023 08:08
0

އެމެރިކާގެ ކުރީގެ ނައިބު ރައީސް މައިކް ޕެންސް 2024 ވަނަ އަހަރުގެ ރިޔާސީ ރޭހުން ވަކިވެވަޑައިގެންފި އެވެ.

އޭނާ މިކަން ހާމަކުރެއްވީ ހޮނިހިރު ދުވަހުގެ މެންދުރުފަހު އެމެރިކާގެ ލަސް ވެގަސްގައި ހުންނަ ރިޕަބްލިކަން ޖެވިޝް ކޯލިޝަންގައެވެ. "އަހަންނަށް އަބަދުވެސް އެނގޭ މިއީ އުނދަގޫ ހަނގުރާމައަކަށް ވާނެކަން، އެކަމަކު އަޅުގަނޑު ހިތާމައެއް ނުކުރަން،" އޭނާ ލިޔުއްވާފައިވެ އެވެ.

ޕެންސް އަކީ، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރީގައި އުޅުއްވާ ރިޔާސީ ރޭހުގައި ކެމްޕޭން މެދުކަނޑާލި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ، މައި އެއް ކެނޑިޑޭޓެވެ.

ދާދި ފަހުން ބޭއްވި ޚިޔާލު ހޯދުންތަކުގެ ޕޯލްތަކުގައި ޕެންސް ބަލިވެ، ރިޕަބްލިކަން ޕާޓީގެ މެމްބަރުންގެ ތާއީދު ހޯއްދެވުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. އެހެންނަމަވެސް، ކުރީގެ ނައިބު ރައީސްގެ ކެމްޕެއިންގައި ވެސް ގިނަ އަދަދެއްގެ ދަރަނި ބޮޑުވެފައިވާއިރު، ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޕެންސް އަށް 621،000 ޑޮލަރު (512،038 ޕައުންޑް) ދައްކަން ޖެހޭ އިރު، ބޭންކުގައި ހުރީ އެންމެ 1.2 މިލިއަން ޑޮލަރު (989،446 ޕައުންޑް) އެވެ.

"އަޅުގަނޑު މި ކެމްޕެއިން ދޫކޮށްލަނީ، އެކަމަކު ކޮންޒަވޭޓިވް ވެލިއުސް ދެމެހެއްޓުމުގެ ހަނގުރާމަ ދުވަހަކުވެސް ހުއްޓާނުލާނަން،" ސަޕޯޓަރުންނާ މުހާތަބުކޮށް އޭނާ ލިޔުއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.

2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު އެމެރިކާގެ ގާނޫނުހަދާ މަޖިލިސް، ކެޕިޓޮލްގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ޓްރަމްޕާ ފާޅުގައި ވަކިވެ، 2020 ވަނަ އަހަރުގެ އިންތިޚާބުގެ ނަތީޖާ ކޮންގްރެސްގައި ޖޯ ބައިޑަންގެ ސެޓިފިކޭޝަންގެ (އިންތިޚާބުގެ ނަތިޖާ ބަލައިގަތުން) ރިޔާސަތު ބަލަހައްޓަވަމުން ގެންދިއުމާއެކު، ރިޕަބްލިކަން ޕާޓީގެ ގިނަ ވޯޓަރުންގެ ތާއީދު އުމުރުން 64 އަހަރުގެ ޓްރަމްޕަށް ގެއްލުނެވެ.

ޓްރަމްޕް ވަނީ، އިންތިޚާބުގެ ނަތީޖާއަށް ދެކޮޅުހެދުމަށް ޕެންސް ދެކޮޅު ހެއްދެވުމާއެކު، އޭނާގެ "ހިތްވަރެއް" ނެތް ކަމަށް ވިދާޅުވެފައެވެ.

ރިޔާސީ ރޭހުން ވަކިވުމަށްފަހު ޕެންސްގެ ރިޔާސީ އިންތިހާބަށް ރިޕަބްލިކަން ޕާޓީގެ އެހެން އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ކުރައްވާފައެއް ނުވެ އެވެ. ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެމްޕޭނުން ޕެންސް ވަކިވާން ނިންމެވީ ނޮވެމްބަރު މަހުގެ އަށް ވަނަ ދުވަހު ބާއްވާ ތިން ވަނަ ރިޔާސީ ބަހުސްގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.