ޣައްޒާގައި ދަނީ ފާޅުކަން ބޮޑުކޮށް ހަނގުރާމައިގެ ޖަރީމާތައް ހިންގަމުން: ޔޫއެން

ޣައްޒާގައި ދަނީ ފާޅުކަން ބޮޑުކޮށް ހަނގުރާމައިގެ ޖަރީމާތައް ހިންގަމުން: ޔޫއެން

Author
ހުސެއިން
25 އޮކްޓޯބަރ 2023 06:50
0

ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުންދޭ ހަަމަލާތަކުގައި، އެއްވެސް ޝައްކެއް ނެތް މިންވަރަށް ހަނގުރާމައިގެ ޖަރީމާތައް ހިންގަމުން ދާކަމުގައި ޔޫއެންގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެއެވެ. އދ.ގެ އެންމެ އިސްވެރިޔާ ވިދާޅުވީ ޣައްޒާއިން ފެންނަމުންދާ، ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކާ ޚިލާފުޢަމަލުތަކާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމުގައެވެ.

ހަމަ އެއާއެކު، އެންޓޯނިއޯ ގުޓަރޭޒް ވަނީ އާންމުން "އިންސާނީ އައްޑަނަ" އެއްގެ ގޮތުގައި ބޭނުންކުރުމާއި (ހަމާސްއިން އިސްރާއީލުގެ ރައްޔިތުން ރަހީނުކުރުން)، އިސްރާއީލުން ޣައްޒާގެ ދެކުނުން މީހުން ހުސްކުރުމަށް އެންގިއެންގުމާއި އަދި އެސަރަހައްދަށް ބޮން އެޅުންވެސް ކުށްވެރިކުރައްވާފައެވެ.

އޭގެ އިތުރުން، ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާއަކީ ސަބަބުތަކެއް މެދުވެރިނުވެ ދިން ހަމަލާއެއް ނޫން ކަމަށް ޔޫއެންގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވުމާ ގުޅިގެން އިސްރާއީލުގެ ޑިޕްލޮމެޓުންވަނީ ރުޅިވެރިކަމާއެކު ގުޓަރޭސްގެ ވާހަކަތަކަށް ރައްދު ދީފައެވެ.

މިގޮތުން ގުޓަރޭސްގެ ވާހަކަތަކަށް ރައްދު ދެމުން އިސްރާއީލުން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ  ގުޓެރޭޒް އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައެވެ. އަދި އިސްރާއީލުގެ ޚާރިޖީ ވަޒީރު ވަނީ "ގުޓަރޭސް އުޅުއްވަނީ ކޮން ދުނިޔެއެއްގަތޯ؟" ސުވާލު ކުރައްވާފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި، އިއްޔެ އެކަނިވެސް 700 އަށްވުރެ ގިނަމީހުން ޝަހީދުވެފައި ވާއިރު، މިހާތަށް މިހަމަލާތަކުގައި ފަލަސްތީނުގެ ޖުމްލަ 5،800 މީހުން ވަނީ ޝަހީދުވެފައެވެ. ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާގައި މަރުވެފައިވަނީ އެގައުމުގެ 1،400 މީހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.