ބޮލީވުޑްގެ ސްޕަސްޓާރު އާމިރު ހާން ގެ ކުރިއަށް އޮތް ފިލްމް "ސިތާރޭ ޒަމީން ޕަރް" ގެ ލީޑު ރޯލަކަށް ޖެނީލިއާ ދޭޝްމުކް ނަގައިފި އެވެ.
އަންނަ އަހަރުގެ ކުރީކޮޅު އާމިރު ޚާން ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ މި ފިލްމުއަކީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސިނަމާތަކަށް ގެންނަ ގޮތަށް އަމާޒު ހިފައިފައި ވާ ފިލްމް އެކެވެ. އަދި ފިލްމް ގެ ތައްޔާރީތައްވަމުން އަންނަ ކަމަށް މިހާރު މައުލޫމާތު ލިބެއެވެ.
މީގެ 16 އަހަރު ކުރިން ގެނެސްދިން ފިލްމު "ޖާނޭ ތޫ ޔާ ޖާނޭ ނާ"ގައި ވެސް އާމިރުއާ އެކު ޖެނީލިއާ މަސައްކަތް ކުރި އެވެ. އާމިރު ޕްރޮޑިއުސްކުރި އެ ފިލްމުގައި ޖެނީލިއާގެ ލޯބިވެރިޔާގެ ރޯލު ކުޅުނީ އާމިރަށް ބޮޑުބޭބެ ކިޔާ އިމްރާން ހާނެވެ.
މިދިއަ އަހަރު ރިލީޒް ކުރި އާމިރުގެ ފިލްމް "ލާލް ސިންގް ޗައްޑާ" ގެ ނާކާމިޔާބީ ގެ ސަބަބުން ހިތް ހަލާކުވެފައިވާ އާމިރު ވަނީ ދޮޅުއަހަރަށް ދާއިރާ އިން ބްރޭކް އެއް ނަގައިފައިއެވެ. އަދި މި ބްރޭކް ގައި އޭނާ ވަނީ ކުޅޭނެ ފިލްމް ހޮވުމަށް ވަރަށް ގިނަ ވަގުތު ހުސްކޮށްފައިއިއެވެ. އާމިރު ބޭނުން ވަނީ އެންބުރި އައުން ވަރުގަދަ ވާން ކަމަށް ވެއެވެ.
އާމިރު ކުޅެން ނިންމި ފިލްްމް އަކީ "ލާލް ސިންގް ޗައްޑާ" ފްލޮޮޕްވުމުން، އާމިރު އެކްޓިންއިން ބްރޭކަށް ނަގަން ނިންމުމުން އޭނަ ނުކުޅޭ ގޮތަށް ނިންމި ސްޕެއިންގެ 2018 ގެ ސްޕޯޓްސް ކޮމެޑީ ޑްރާމާ "ޗެމްޕިއަންސް" ގެ ރިމޭކެވެ.
މި ފިލްމް ކުޅުމަށް އޭނާ ނިންމީ އެކި އެކްޓަރުންނަށް ފިލްމު ހުށަހަޅައިގެން އެއްވެސް އެކްޓަރަކާ އެކީ ފަހުގެ އެއްބަސްވުމަކަށް ނާދެވުމުންނެވެ. އެގޮތުން ފުރަތަމަ މި ފިލްމް ހުށައެޅި ސަލްމާން ހާން އަށެވެ. ނަމަވެސް ވަގުތު ދެވެން ނެތުމުން ސަލްމާން ފިލްމް ނުކުޅުނީއެވެ. އެފަހުން ރަންބީރް ކަޕޫރް އަދި ފަރުހާން އަޚްތަރަށް ވެސް ފިލްމު ހުށަހެޅި އެވެ.
ފިލްމްގައި ދައްކުވައިދެނީ ނުކުޅެދޭ ބާސްކެޓް ކުޅުންތެރިންތަކެއް ގޮވައިގެން ކޯޗަކު ހޯދާ ކާމިޔާބީއެވެ. މި ފިލްމް ވެގެން ގޮސްފައިވަނީ ވަރަށް މަގުބޫލު ފިލްމެކެވެ. މީގެ ހިންދީ ފިލްމް ޑައިރެކްޓަރަކީ އާރްއެސް ޕްރަސައްނާއެވެ.