ނަޝާތު އިތުރު ދައުރަކަށް އީސީއަށް އައްޔަންކުރަން އާއްމުންގެ ހިޔާލަށް

ނަޝާތު އިތުރު ދައުރަކަށް އީސީއަށް އައްޔަންކުރަން އާއްމުންގެ ހިޔާލަށް

Author
މުޙައްމަދު ޝަޒައިމް
10 އޮކްޓޯބަރ 2023 09:17
0

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެމްބަރު ޢަލީ ނަޝާތު އިތުރު ދައުރަކަށް އައްޔަންކުރުމަށް އާއްމުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައްވައިފިއެވެ.

ކޮމިޝަންގެ މެމްބަރުކަމަށް އަލީ ނަޝާތު އައްޔަންކުރައްވާފައިވަނީ 2018 ވަނައަހަރުގެ ޖުލައި މަހުގެ 25 ވަނަދުވަހުއެވެ. އޭނާގެ ދައުރު މިދިޔަ ޖުލައި 25 އަށް ހަމަވާތީ އިތުރު ދައުރަކަށް ނަޝާތު ޢައްޔަންކުރެއްވުމަށްޓަކައ،ި ރައީސުލްޖުމްހޫރިއްޔ،ާ ވަނީ އެ ނަން މިއަހަރުގެ މޭމަހު 29 ވަނަދުވަހު މަޖިލިހަށް ފޮނުއްވާފައެވެ. އެހެންނަމަވެސް އޭގެ ފަހުން މަހެއްވާން ގާތްވެފައިވަނިކޮށް ޖޫންމަހުގެ 22 ވަނަދުވަހު މަޖިލީހުން ޗުއްޓީއަށް ދިޔައީ އެކަމާއި މެދު ގޮތެއް ނުނިންމަވައެވެ.

މަޖިލީހުން މިއަދު ކުރެއްވި އިޢުލާންއެއްގައި ވަނީ ނަޝާތު އާ ގުޅޭގޮތުން ޢާންމުންގެ ޝަކުވާއެއްވޭތޯ ބެލުމަށްޓަކައި އާއްމުކޮށް ހުޅުވާލައްވާފައެވެ. ނަޝާތު އާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއްވާ އޮތްނަމ،ަ މިއަދު 14:00 ގެ ކުރިން ހުށައެޅުމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވެއެވެ. އަދި ޝަކުވާ ހުށައަޅަންޖެހޭނީ ޝަކުވާ ހުށައަޅާ ފަރާތުގެ ފުރިހަމަ ނަމާއ،ި ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭނެ ގޮތަށްކަމަށްވެސް މަޖިލީހުން ވިދާޅުވެއެވެ.

ޝަކުވާ ހުށައެޅޭނީ މަޖިލީހުގެ އީމެއިލް އެޑްރެސް mv.gov.majlis@committee އަށް ނުވަތަ މަޖިލީހަށް ލިޔުމުންވެސް ހުށައެޅިދާނެކަމަށް ރައްޔިތުންގެ މަޖިލީހުން ވިދާޅުވެއެވެ.

އިލެކްޝަންސް ކޮމިޝަންގައި މިވަގުތު ތިއްބެވީ 4 މެމްބަރުންނެވެ. އެއީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤާއި ނައިބް ރައީސް އަލްއުސްތާޛް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމްގެ އިތުރުން މެންބަރު ޑޮކްޓަރ މުޙައްމަދު ޒާހިރާއި މެމްބަރު މުޙައްމަދު ޢާޞިފްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.