ސަރުކާރު ޒިންމާދާރު ކުރުވާ ކޮމިޓީތަކުގެ މުޤައްރިރުކަން އެމްޑީޕީއަށް

ސަރުކާރު ޒިންމާދާރު ކުރުވާ ކޮމިޓީތަކުގެ މުޤައްރިރުކަން އެމްޑީޕީއަށް

ސަރުކާރު ޒިންމާދާރުކުރުވުމަށް ރައްޔިތުންގެ މަޖިލީހުގައި ހަދާފައިވާ ގިނަ ކޮމެޓީތަކަށް އެމްޑީޕީގެ މެންބަރުން އައްޔަންކުރައްވައިފިއެވެ.

މަޖިލީހުގެ ސިޔާސީ ޕާޓީތައް ތަމްސީލް ކުރާ މެންބަރުންގެ އަދަދަށް ގެނައި ބަދަލައިއެކު، ކޮމެޓީތައް އަލުން އެކުލަވާ ނުލެވި، މަސައްކަތްތައް ހުއްޓިފައި އޮތުމަށްފަހު، މިހާރު ވަނީ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކުގެ މެމްބަރުން ތަމްސީލުކުރާނެ ނިސްބަތް ކަނޑައަޅާފައެވެ. މިމަހުގެ 4 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ކޮމެޓީތަކުގައި ހިމެނޭ މެންބަރުންގެ ނަންތަކުގެ އިތުރުން، ވަކިވަކި ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށް ކޮމެޓީތަކުން ޖާގަދޭނެ އަދަދު ވަނީ ފާސްކޮށްފައެވެ.

ކުރިން އެމްޑީޕީން ބޭނުންވީ ސަރުކާރު ޒިންމާދާރު ކުރާ ކޮމެޓީތަކަށް، އެ ޕާޓީގެ މެންބަރުން އައްޔަން ނުކުރުމަށެވެ. ސަބަބަކީ ވެރިކަން ކުރާ ޕާޓީއަކަށް އެމްޑީޕީވުމެވެ. އެހެންނަމަވެސް، މިދިޔަ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބުވުމާއިއެކު، ސަރުކާރާއި އިދިކޮޅަށް އޮންނަ އެންމެ ބޮޑު ޕާޓީއަކަށް އެމްޑީޕީ ވާނެތީ، މިވަގުތު މަޖިލީހުގެ މެޖޯރިޓީ ވެސް އޮންނަ އެމްޑީޕީން ވަނީ ކޮމެޓީތަކުގެ މުޤައްރިރުކަމަށް އެ ޕާޓީގެ މެންބަރުން އައްޔަންކުރައްވާފައެވެ.

ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ / 241 ކޮމެޓީ:

މުގައްރިރު: ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
ނައިބު މުގައްރިރު: ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް

– ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ:

މުގައްރިރު: މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު
ނައިބު މުގައްރިރު: މަނަދޫ ދާއިރާގެ މެމްބަރު އަހްމަދު ހާރޫން

މިނިވަން މުއައްސަސާތަކުގެ ކޮމެޓީ:
މުގައްރިރު: އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް
ނައިބު މުގައްރިރު: ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް

ޖުޑީޝިއަރީ ކޮމެޓީ:
މުގައްރިރު: މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ނައިބު މުގައްރިރު: ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން

އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީ:
މުގައްރިރު: ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް
ނައިބު މުގައްރިރު: ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް

އިމްތިޔާޒް އަދި ސުލޫކީ ކޮމެޓީ:
މުގައްރިރު: މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ
ނައިބު މުގައްރިރު: މަނަދޫ ދާއިރާގެ މެމްބަރު އަހްމަދު ހާރޫން

ލާމަރުކަޒީ ކޮމެޓީ:
މުގައްރިރު: ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް
ނައިބު މުގައްރިރު: މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު

އިޖުތިމާޢީ ކޮމެޓީ:
މުގައްރިރު: އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު
ނައިބު މުގައްރިރު: ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހްމަދު

ޕެޓިޝަން ކޮމެޓީ:
މުގައްރިރު: މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު
ނައިބު މުގައްރިރު: ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް

އިޤްތިސާދީ ކޮމެޓީ:
މުގައްރިރު: އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން ރަޝީދު
ނައިބު މުގައްރިރު: މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް/ އެސްއޯއީ ކޮމެޓީ:
މުގައްރިރު: ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ
ނައިބު މުގައްރިރު: ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ

ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމެޓީ:
މުގައްރިރު: ބާރަށު ދާއިރާގެ މެމްބަރު އަހްމަދު
ނައިބު މުގައްރިރު: ކެލާ ދާއިރާ މެމްބަރު އިބްރާހިމް ޝަރީފް

ޢާންމު ކޮމެޓީ:
މުގައްރިރު: ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްގަނީ އަބްދުލްހަކީމް
ނައިބު މުގައްރިރު: ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު

މާލިއްޔަތު ކޮމެޓީ:
މުގައްރިރު: ކިިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް
ނައިބު މުގައްރިރު: ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު

ޤަވާޢިދު ކޮމެޓީ:
މުގައްރިރު: ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު
ނައިބު މުގައްރިރު: ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން

ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ:
މުގައްރިރު: ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދް
ނައިބު މުގައްރިރު: ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު

މީގެ އިތުރަށް، ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ އެކުލަވާލުމަށް މަސައްކަތްކުރި ނަމަވެސް، މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް ހުރުމާއެކު މަޖިލީހުގެ ކައުންސިލާރ ޖެނެރަލްގެ ބަހެއް ހޯދުމަށް ފަހު އަލުން އެކޮމިޓީ އެކުލަވާލުމުގެ ބައްދަލުވުން ބާއްވަން ވަނީ ނިންމާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *