19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމެޓީގެ މުޤައްރިރަކަށް އެކޮމެޓީގެ މުޤައްރިރު ކަމުގައި މީގެ ކުރިންވެސް ހުންނެވި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު ޢާމިރު ހޮވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުން ތަމްސީލުކުރާނެ ނިސްބަތް ފާސްކޮށް ކޮމިޓީތައް މިއަދު ވަނީ އެކުލަވާލައފައެވެ. ކޮމެޓީތަކުގެ މަސައްކަތް ފެށުމުގެ ކުރިން މިއަދު ވަނީ ގިނަ ކޮމެޓީތަކުގެ މުޤައްރިރުންނާއި ނައިބް މުޤައްރިރުން ހޮވާފައެވެ. ކޮމެޓީތަކަށް ބަދަލު ގެންނަން ޖެހުނީ މަޖިލީހުގެ 12 މެމްބަރަކު ދަ ޑިމޮކްރެޓްސްއާއި ގުޅުމުންނެވެ.
މިއަދު ކޮމެޓީތަކުގެ މުޤައްރިރުން ކަނޑައެޅިގެން ދިޔައިރު، މަޖިލީހުގެ ގަވައިދު ކޮމެޓީގެ މުޤައްރިރަކަށް މިފަހަރުވެސް އެކޮމެޓީގެ މެމްބަރުންގެ އިއްތުފާގުން ހޮވީ ކުޑަހުދޫ ދާއިރާގެ މެމްބަރު އާމިރުއެވެ. އާމިރަކީ މީގެ ކުރިންވެސް އެކޮމެޓީގެ މުޤައްރިރެވެ. އާމިރު އެމަޤާމަސް ހޮވުނުއިރު އެކޮމެޓީގެ ސާފު އައުލަބިއްޔަތު އޮންނަނީ އެމްޑީޕީގައެވެ. ކޮމެޓީގައި އެމްޑީޕީގެ 6 މެމްބަރުންނާއި، ޑިމޮކްރެޓްސްގެ 2 މެމްބަރުންނާއި ޕީޕީއެނމް މެމްބަރަކު އިންނަވައެވެ.
ޖުމްލަ 8 މެމްބަރުންގެ އައުލަބިއްޔަތުން މެމްބަރުން މިފަހަރުވެސް އިތުބާރާއިއެކު ކޮމެޓީގެ މުޤައްރިރުކަން ދިނީ އާމިރަށެވެ. ކޮމެޓީގެ ނައިބް މުޤައްރިރަކަށް ހޮވާފައިވަނީ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމެވެ. އާމިރަކީ މަޖިލީހުގެ ގަވާއިދާއިި، ޤާނޫނޫ އަސާސީގެ މާއްދާތަކަށް ދަރިތަ، ތަޅުމުގައިވެސް އެންމެ ބޮޑަށް ގަވާއިދަށް ބާރު އަޅައި ވާހަކަ ދައްކަވާ އެއް މެމްބަރެވެ.
މިއަދު ވަނީ މާލިއްޔަތު ކޮމެޓީގެ މުުގައްރިރަކަށް ކުރިންވެސް އެ ކޮމެޓީގެ މުޤައްރިރުކަން ކުރެއްވި ކިނބިދޫ ދާއިރާގެ މެމްބަރު ނާޝިދު ހޮވާފައެވެ. ނަިއބަކަށް ހަމަޖެއްސީ ނިލަންދޫ ދާއިރާގެ މެމްބަރު ޔައުގޫބޫވެ.
ކޮމިޓީތަކުގައި މެންބަރުން ތަމްސީލުކުރާނެ ނިސްބަތް:
އެމްޑީޕީ – 64 ޕަސަންޓް – 113 ސްލޮޓް
ދަ ޑިމޮކްރެޓްސް – 15 ޕަސަންޓް – 27 ސްލޮޓް
ޕީޕީއެމް – ފަސް ޕަސަންޓް – އަށް ސްލޮޓް
ޕީއެންސީ – ފަސް ޕަސަންޓް – އަށް ސްލޮޓް
އެމްއެންޕީ – ތިން ޕަސަންޓް – ހަ ސްލޮޓް
އެމްޑީއޭ – ދެ ޕަސަންޓް – ހަތަރު ސްލޮޓް
ޖުމްހޫރީ ޕާޓީ – ދެ ޕަސަންޓް – ހަތަރު ސްލޮޓް
ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުން – ތިން ޕަސަންޓް – ހަ ސްލޮޓް
މަޖިލީހުގައި މިހާރު ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ 56 މެންބަރުންނާއި ދަ ޑިމޮކްރެޓްސްގެ 13 މެންބަރުންނާއި ޕީޕީއެމްގެ ހަތަރު މެންބަރުންނާއި ޕީއެންސީގެ ހަތަރު މެންބަރުންގެ އިތުރުން އެމްއެންޕީގެ ތިން މެންބަރުންނާއި އެމްޑީއޭގެ ދެ މެންބަރުންނާއި ޖޭޕީގެ ދެ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ ތިން މެންބަރުންނެވެ.
ކޮމެންޓު ފޮނުވާ