ޑރ. މުއިއްޒުގެ ޒަޢާމަތަށް ފުރިހަމަ އެއްބާރުލުން ދޭނަން: ޢަލީ ނިޒާރު

ޑރ. މުއިއްޒުގެ ޒަޢާމަތަށް ފުރިހަމަ އެއްބާރުލުން ދޭނަން: ޢަލީ ނިޒާރު

Author
މުޙައްމަދު ޝަޒައިމް
04 އޮކްޓޯބަރ 2023 08:12
0

ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒަޢާމަތަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގައި އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އިންތިޚާބީ ސަރުކާރަށް އައްޑޫ ސިޓީ ކައުންސިލްގެ އެއްބާރުލުން ނުދޭނެކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދޮގު ކުރައްވައި ކުރެއްވި އެފްބީ ޕޯސްޓެއްގައެވެ. ޢަލީ ނިޒާމު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ޑރ. މުހައްމަދު މުއިއްޒު އިންތިޚާބު ވުމާއި ގުޅިގެން މަރުޚަބާ ދަންނަވާފައިވާނެކަމަށެވެ.

އަދި އައްޑޫ ސިޓީ ކައުންސިލުން މަސައްކަތް ކުރާނީ ސަރުކާރާއި ގުޅިގެން ރައްޔިތުންގެ ޚިދުމަތްތައް ފުރިހަމަ ކުރެއްވުމަށް ކަމަށެވެ. އެޔަގީކަން ޑރ. މުއިއްޒަށް ދެއްވާފައިވާނެކަމަށް ޢަލީ ނިޒާރު ވިދާޅުވިއެވެ.

ކައުންސިލް ތަކުގެ ޒިންމާއަކީ ސަރުކާރާއި ގުޅިގެން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުން. އައްޑޫ ސިޓީ ކައުންސިލުން ޑރ. މުހައްމަދު މުއިޒްގެ ޒައާމަތަށް ފުރިހަމަ އެއްބާރުލުން ދީގެން ސަރުކާރާއި ގުޅިގެން އައްޑޫގެ ތަރައްގީ އަށް މަސައްކަތް ކުރާނެ. އެޔަގީންކަން އަޅުގަޑު ވާނީ އިންތިހާބީ ރައީސްއަށް އަރުވާފަ. ރައްޔިތުންނަށް އޮޅޭގޮތަށް ކައުންސިލްއާއި ގުޅުވައި ފިތުނަ ވެރި ދޮގުވާހަކަތައް ފަތުރަން މަސައްކަތް ނުކުރުން އެދެން.

– ޢަލީ ނިޒާރު ވިދާޅުވިއެވެ.

އައްޑޫ ސިޓީ ކައުންސިލަކީ އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލެކެވެ. ނަމަވެސް ނިމިދިޔަ އިންތިޚާބުގައި އައްޑޫ ސިޓީގެ މަދު އަވަށްތަކުން ފިޔަވައި ހުރިހާ އަވަށަކުންވެސް މެޖޯރިޓީ ނެގީ ޕީޕީއެމް/ޕީއެންސީ އެވެ.

ހޮނިހިރު ދުވަހު ބޭއްވެވި ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ވާދަކުރައްވައި ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ވަނީ %54.04 ވޯޓުން އިންތިޚާބު ކާމިޔާބުކުރައްވައިފައެވެ. މިއިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާއަށް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ %45.96 ވޯޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.