އިންތިޚާބީ ރައީސް ޑރ. މުއިއްޒު، ރައްޔިތުންނާ ބައްދަލު ކުރެއްވުން މިރޭ

އިންތިޚާބީ ރައީސް ޑރ. މުއިއްޒު، ރައްޔިތުންނާ ބައްދަލު ކުރެއްވުން މިރޭ

Author
މުޙައްމަދު ޝަޒައިމް
02 އޮކްޓޯބަރ 2023 05:01
0

މޫސުން ގޯސްވުމުގެ ސަބަބުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންނާ ބައްދަލު ކުރެއްވުން މިރެއަށް ހަމަޖައްސައިފިއެވެ.

ޕީޕީއެމުން ބުނީ އިންތިހާބީ ރައީސް މުއިއްޒު ދިވެހި ރައްޔިތުންނަށް ޝުކުރު އަދާ ކުރެއްވުމަށް ބޭއްވުމަށް ރޭ ހަމަޖެއްސި ޖަލްސާ ފަސް ކުރީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. އެ ޖަލްސާ ފުރަތަމަ ބާއްވަން އޮތީ އާޓިފިޝަލް ބީޗުގައި ރޭ 9:00 ގައެވެ. ޕީޕީއެމުން ބުނީ މިރޭ އެ ޖަލްސާ ބާއްވާނީ ސޯޝަލް ސެންޓަރުގައި ކަމަށެވެ.

ދެވަނަ ބުރުގެ ނަތީޖާ އަށް ބަލާ އިރު، އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ 129،159 ވޯޓު ހޯއްދަވައިފައެވެ. މުއިއްޒާ ވާދަކުރެއްވި އެމްޑީީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 109،868 ވޯޓެވެ. މިއީ 19،291 ވޯޓުގެ ތަފާތެކެވެ.

ރާއްޖޭގެ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މިހާރު ވަނީ ހާއްސަ ކޮމިޓީއެއް އުފައްދަވައިފައެވެ.

ރައީސް ސޯލިހް އިއްޔެ ވަނީ ރައީސް އޮފީހުގައި މުއިއްޒާ ބައްދަލު ކުރައްވައި، އޭނާ އަށް މަރުހަބާ ވިދާޅުވެފައެވެ. ރައީސް ވަނީ ރައްޔިތުންގެ ނިންމުން ގަބޫލު ކުރައްވައި ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އަމަލު ކުރަން ޖެހޭ އުސޫލުތައް ބަޔާން ކުރާ ގާނޫނު ކަމަށްވާ "ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނު" ގައިވާ ގޮތުގެ މަތިން ކުރައްވަން ޖެހޭ އެންމެހާ ކަންކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި ކުރައްވަންޖެހޭ ކަންކަން، ވީހާވެސް އޮމާންކަމާއެކު ގެންދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އުފެއްދެވި ކޮމިޓީގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވަނީ ރައީސް އޮފީހުގެ ސެކްރެޓަރީ ކޯޕަރޭޓް ސާވިސް ހުސެއިން އާމިރެވެ. ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ހުރިހާ ކަމެއް ހިނގަމުންދާ ގޮތް ރައީސް އޮފީހުގެ ފަރާތުން ވިލަރެސް ކުރައްވާނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.