ރާއްޖޭގެ މިިނިވަން ކަމާއި އިސްތިގުލާލު ރައްކާތެރިކޮށް ދެމެހެއްޓުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އިންތިޚާބީ ރައީސް ޑރ. މުއިއްޒުގެ ކިބައި އެދިވަޑައިގެންފިއެވެ.
މުއިއްޒު ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވަން 129،159 މީހުން ވޯޓު ދިނެވެ. އެއީ 54 ޕަސެންޓެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހޯއްދެވުނީ 109،868 ވޯޓެވެ. އެއީ 45.96 ޕަސެންޓެވެ.
މުއިއްޒަށް މަރުޚަބާ ވިދާޅުވެ ޤާސިމް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރާއްޖޭގެ އިންތިޚާބީ ރައީސް، ޑރ މުޙައްމަދު މުޢިއްޒު އަދި އިންތިޚާބީ ނާއިބު ރައީސް ހުސައިން މުޙަައްމަދު ލަޠީފަށް އަށް ނުހަނު ހެޔޮ އެދުމާއި، ތަޙްނިޔާއާއި މުބާރަކްބާދީ ދަންނަވާ ކަމަށެވެ. ދިވެހި ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް އިންތިޚާބު ކުރެވުނު މަޤާމުގެ ޒިންމާއަށް އަމާނާތްތެރިވެ، ތެދުވެރިކަމާ ވަފާތެރިކަމާ އެކު، ޤާނޫނީ ހުކޫމަތު ދަމަހައްޓާ، ދިމިޤްރާތީ ހަމަތަށް ނަގަހައްޓާ، ޤައުމުގެ މިނިވަންކަމާ، އިސްތިޤްލާލް ނަގަހައްޓާ، ދިވެހި ރައްޔިތުންގެ ހަައްޤުތައް ރައްކާތެރި ކޮށް، އެންމެހާ ދިވެހިރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، ދިވެހިޤައުމާއިގެން ކުރިއަށް ވަޑައިގަންނަވާނޭ ކަމަށް ޔަޤީން ކުރާ ކަމުގައި ޤާސިމް ވިދާޅުވިއެވެ.
ޤާސިމް އިބްރާހީމް ވަނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ޙައިސިއްޔަތު އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރައްވާފައެވެ. ނަމަވެސް، އެމަނިކުފާނު ވަނީ ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާފައެވެ.
ކޮމެންޓު ފޮނުވާ