އެމްޑީޕީ އާއި ޑިމޮކްރެޓްސް އެއްވީމަ މެޖޯރިޓީ ނުލިބޭ ރަށެއް މަދު: ރައީސް

އެމްޑީޕީ އާއި ޑިމޮކްރެޓްސް އެއްވީމަ މެޖޯރިޓީ ނުލިބޭ ރަށެއް މަދު: ރައީސް

Author
އަހުމަދު
27 ސެޕްޓެމްބަރ 2023 11:50
0

އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެއްވުމުން ރާއްޖޭގައި މެޖޯރިޓީ ނުލިބޭ ރަށެއް ވަރަށް މަދު ކަމަށާއި ދެ ޕާޓީ އެއްވެގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ގދ. ތިނަދޫގައި ވިދާޅުވެއްޖެއެވެ.

ރައީސް އެގޮތަށް ވިދާޅުވެފައި ވަނީ ގދ. ތިނަދޫގައި މަސައްކަތް ކުރާ ޑިމޮކްރެޓްސްގެ ގިނަ މެމްބަރުންތަކެއް އެމަނިކުފާނަށް ތާއީދު ކުރަން ނިންމާފައި ވަނިކޮށެވެ. ތިނަދު އަށް ރައީސް މިރޭ ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަން ޑިމޮކްރެޓްސްގެ މެމްބަރުން ވެސް ނުކުތެވެ. އަދި ތިނަދޫގައި ބޭއްވި ޖަލްސާގައި ވެސް ޑިމޮކްރެޓްސްގެ މެމްބަރުން ބައިވެރިވިއެވެ.

"އުފާވެރި ތިނަދޫ"ގެ ނަމުގައި މިރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ތިބި ބަޔަކު ކުޑަކޮށް ދުރަށް ޖެހިލުމުން މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ދަތިތަކެއް ކުރިމަތިވި ކަމަށެވެ. ރާއްޖޭގެ ޖުމްލަ ވޯޓަށް ބަލާ އިރު އެމްޑީޕީ އާއި ޑިމޮކްރެޓްސް އެއްވީމަ، ޕީޕީއެމަށް ވުރެ ވޯޓު ގިނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ވަކި ރަށަށް ބެލި ނަމަވެސް، އަޅުގަނޑުމެން ދެބައި މީހުން އެއްވީމަ، މެޖޯރިޓީ ނުލިބޭ ރަށެއް ދާދި މަދު. އަޅުގަނޑުމެން ދެބައި މީހުން އެކަނި އެއްވީމަ މި އިންތިހާބު މިއޮތީ ބޮޑު ތަނުން ކާމިޔާބުވެފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީގެ ޓީމުތަކުން ވެސް އެކި ރަށްރަށުން އެމްޑީޕީއާ ދަނީ ގުޅެމުންނެވެ. މިއީ އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ލިބޭނެ އެންމެ ބޮޑު ސަބަބު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޑިމޮކްރެޓިކްގެ މެންބަރުންގެ ތާއިދު ލިބުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށާއި އެއީ އެމްޑީޕީއާ އެއް ފިކުރެއް ކަމަށެވެ.

"އެ ބޭފުޅުންގެ ތާއިދާ އެކު އަތުވާދެނާ ކަމުގެ ބިރު އޮތް ބިރުވެރިކަމާއި އަނިޔާވެރިކަމުން މި ގައުމު ސަލާމަތް ކުރުމުގެ އުއްމީދު ބޮޑުވެއްޖެ. އަޅުގަނޑަށް ޔަގީން، ބޮޑު ތަފާތެއް މި ތިނަދޫ ސިޓީން ފެނިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރުމަށް ޑިމޮކްރެޓްސް އިން ވަނީ ނިންމައިފައެވެ. އެ ނިންމުމާ އެކު ޕާޓީގެ މެންބަރުން ދަނީ ރައީސަށް އަދި އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވެސް ތާއިދު ކުރަމުންނެވެ. އެހެންވެ، ޕާޓީގެ ވޯޓުތައް އޮތީ ވަރަށް ބޮޑަށް ބެހިފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަހުމަދު
ވެރިކަމާއިގެން ހޭނެތިފަ ހުރިވަރު މިހާރު މި ފެންނަނީ. މީނަ ކަނޑެއްނޫން އަނބި ދަރިން ވެސް ވިއްކާނެ ވެރިކަމުގަ މަޑިއްޕާން. މީ ކެނެރީގޭ ބުއްޅަބޭ ދިވެހިންނަށް ކުރިމަތި ކުރުވައިފައިވާ މުސީބާތެއް.